ޚަބަރު / ނޫސް ބަޔާން
ނޫސް ބަޔާން
13 އޯގަސްޓް 2013 ވަނަ ދުވަހު، ދުވަހުނޫސް ހަވީރުގައި “ޕޭޕަރު ކޮޕީކޮށްގެން ފިޔަވަޅު އަޅަން އެންގި ޤާޟީއަށް ވ. ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ދޭން ނިންމައިފި” މި ސުރުހީގެ ދަށުން ލިޔެފައިވާ ޚަބަރާ ގުޅޭގޮތުން ދަންނަވަމެވެ.
ގދ.ޖުޑީޝަލް ދާއިރާގެ، ދާއިރާ އިސްމެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރާޣިބު އަޙްމަދު ވ. ޖުޑީޝަލް ދާއިރާގެ، ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކޮށްފައިވަނީ “ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު” ގެ ދަށުނެވެ. އެގޮތުން އަލްފާޟިލް މުޙައްމަދު ރާޣިބު އަޙުމަދު ވ. ޖުޑީޝަލް ދާއިރާއަށް ބަދަލުކޮށް ދެންވުން އެދި ފަނޑިޔާރުންގެ ޤާނޫނުގައިވާގޮތުގެ މަތިން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅުމާ ގުޅިގެން، އެ މެޖިސްޓްރޭޓްގެ ވަޒީފާ ވ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކޮށްދިނުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައި، ވ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލުކޮށްދެއްވުމަށް އެދި މި ކޮމިޝަނުގައި ދެންނެވުމުން، ކޮމިޝަނުން މިކަމުގައި ބަލަންޖެހޭ އެންމެހާ ކަންކަމަށް ބެލުމަށް ފަހު، ޤާނޫނީ އިމުގެތެރެއިން ވ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް، ގދ.ޖުޑީޝަލް ދާއިރާގެ، ދާއިރާ އިސްމެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރާޣިބު އަޙްމަދު ބަދަލުކޮށް ދިނުމަށް ނިންމީއެވެ. މިއީ އޭގެ ސަބަބުން މެޖިސްޓްރޭޓަށް ޕްރޮމޯޝަނެއް އަދި ޑިމޯޝަނެއްވެސް ލިބިގެންދާނެކަމެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން މެޖިސްޓްރޭޓާ ބެހޭގޮތުން ކޮމިޝަނުން ބަލަމުންދާ ޝަކުވާއަކަށް އެކަމުގެ އަސަރު ފޯރާނެކަމެއްވެސް ނޫނެވެ. އަދި “ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު” ގެ ދަށުން ފަނޑިޔާރަކު ކުރިން ވަޒީފާ އަދާކުރި ކޯޓުނޫން އެހެންކޯޓަކަށް ބަދަލުކުރުމަކީ ޤާނޫނީގޮތުން ފަނޑިޔާރަކާމެދު ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާއެއް ބެލުމަށް ހުރަސް އެޅޭނެކަމެއް ނޫނެވެ. އަދި ޝަކުވާ ބެލުމަށް ފަހު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށްވެސް އޮތް ހުރަހެއް ނޫނެވެ.
އެގިވަޑައިގަންނަވާނެފަދައިން މި ކޮމިޝަނުން ޢަމަލުކުރަމުންގެންދާ “ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު” ގެ ދަށުން މީގެ ކުރިންވެސް ފަނޑިޔާރުން ތަފާތު އެކިފަހަރުމަތިން ވާނީ އެއްކޯޓުން އަނެއްކޯޓަށް ބަދަލުކޮށްފައެވެ. މިގޮތުން ފަނޑިޔާރަކު އެދިގެން އެފަނޑިޔާރަކު ހުރިކޯޓުނޫން އެހެންކޯޓަކަށް ޤާނޫނުގައިވާގޮތުގެ މަތިން ބަދަލުކުރުމަކީ ފަނޑިޔާރަކާމެދު ސުލޫކީގޮތުން އަޅާ ފިޔަވަޅެއް ނޫނެވެ. މިފަދަ ކަންކަމުގައި ކޮމިޝަނުން އަބަދަލުވެސް ޢަމަލުކުރަމުންދަނީ ޤާނޫނުއަސާސީއާއި ހެދިފައިވާ ޤާނޫނުތަކުގެ އިމުގެތެރެއިންނެވެ.
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023
-
ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމުން
22 February 2023
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023 12:03
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023 12:03
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023 12:03
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023 12:02