ޚަބަރު / ޤާނޫނީގޮތުން ކޮމިޝަނާ ހަވާލުކޮށްފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަމުންދަނީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު، އޭގެ އެންމެ ފުރިހަމަގޮތުގައި- ކޮމިޝަންގެ ރައީސް
ޤާނޫނީގޮތުން ކޮމިޝަނާ ހަވާލުކޮށްފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަމުންދަނީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު، އޭގެ އެންމެ ފުރިހަމަގޮތުގައި- ކޮމިޝަންގެ ރައީސް
15/08/2013
ޖުޑީޝަލް ސަރވިސް ކޮމިޝަނާ ޤާނޫނީގޮތުން ހަވާލުކޮށްފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުންދާކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މެޖިސްޓްރޭޓްކަމުގެ މަޤާމާ އަލަށް ހަވާލުވި ތިން ބޭފުޅަކު، މަޤާމުގެ ހުވާކުރުމާއި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުވުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރެއިނިންގ ރޫމުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮމިޝަނާ ޤާނޫނީގޮތުން ހަވާލުކޮށްފައިވާ މަަސައްކަތްތައް ފުރިހަމަކުރަމުން ދިއުމުގައި ތަފާތު ދަތިތަކާއި ހުރަސްތައް ހުރިކަމަށާއި އެހެންނަމަވެސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ސާބިތުކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ފުރިހަމަކުރަމުން ގެންދަވާކަމަށާއި، އެގޮތުން ކޮމިޝަނުން މަސައްކަތްކުރުމުގައި ކަމާބެހޭ އެންމެހާ ފަރާތްތަކުން ކޮމިޝަންގެ މަސައްކަތް ފުރިހަމަ ކުރުމަށް އެއް ބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި ކޮމިޝަނުން ނިންމާ ނިންމުންތަކުގެ މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިންވެސް ޒިންމާދާރުވެ ވަޑައިގެން އަމާނަތްތެރިކަމާއެކު، މުޖުތަމަޢުގެ މަސްލަހަތަށް ވިސްނައި، ފިތުނަ ފަސާދައަށް ފުރުޞަތު ނުދީ ރައްޔިތުންނަށް ތެދުވެރިކަމާއެކު ހަޤީޤަތް ހޯއްދެވުމަށްފަހު މަޢުލޫމާތު ފޯރުކޮށް ދެމުން ދިއުމަށް ގޮވާލެއްވިއެވެ.
މިއަދުގެ މި ރަސްމިއްޔާތު ޝަރުފަވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. މިރަސްމިއްޔާތުގައި އަލަށް ހުވާކުރެއްވި މެޖިސްޓްރޭޓުންނަށް މަޤާމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. މި ރަސްމިއްޔާތުގައި މެޖިސްޓްރޭޓްކަމުގެ މަޤާމުގެ ހުވާކުރެއްވި ތިން ބޭފުޅުންނަކީ، ދަފްތަރު ނަންބަރު: 2111 އަލްއުސްތާޛު އަޙްމަދު ޝަރީފާއި، އއ.ތޮއްޑޫ،ގިރިޓީގޭ އަލްއުސްތާޛު މޫސާ ނަޞީރާއި، ރ.ހުޅުދުއްފާރު،އިލާޒާ އަލްއުސްތާޛު މުޙައްމަދު ޒާހިދެވެ. މިރަސްމިއްޔާތުގައި ކޮމިޝަންގެ ބައެއް މެމްބަރުންނާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބައެއް އިސްބޭފުޅުންނާއި ކޮމިޝަންގެ މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023
-
ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމުން
22 February 2023
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023 12:03
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023 12:03
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023 12:03
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023 12:02