ޚަބަރު / 03 ބޭފުޅަކު މެޖިސްޓްރޭޓުކަމުގެ ހުވާކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވައިފި
03 ބޭފުޅަކު މެޖިސްޓްރޭޓުކަމުގެ ހުވާކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވައިފި
މެޖިސްޓްރޭޓްކަމުގެ މަޤާމަށް އަލަށް އައްޔަންކުރެއްވި ތިން ބޭފުޅަކު މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަލަށް އައްޔަންކުރެވި މެޖިސްޓްރޭޓުންނަށް މަޤާމުގެ ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. މިއަދުގެ ރަސްމިއްޔާތުގައި މެޖިސްޓްރޭޓްކަމުގެ މަޤާމާ އަލަށް ހަވާލުވެ ވަޑައިގެންނެވި ތިން ބޭފުޅުންނަކީ:
އަލްއުސްތާޛު އަޙްމަދު ޝަރީފް (ދަފްތަރު ނަންބަރު: 2111) - ކ.ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓްކަމަށް
އަލްއުސްތާޛު މޫސާ ނަޞީރު (ގިރިޓީގެ/އއ.ތޮއްޑޫ) - އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓްކަމަށް
އަލްއުސްތާޛު މުޙައްމަދު ޒާހިދު(އިލާޒާ/ރ.ހުޅުދުއްފާރު) - ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓްކަމަށް
އަލަށް މެޖިސްޓްރޭޓްކަމުގެ ހުވާކުރެއްވި މެޖިސްޓްރޭޓުންނާ މުޙާތަބުކުރައްވައި ޝަރަފުވެރި މެހެމާނު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދެއްކެވި ވާހަކަ ފުޅުގައި ފަނޑިޔާރުންގެ ޒިންމާއަކީ ކޮބައިކަމާއި، ފަނޑިޔާރުން، ފަނޑިޔާރުންގެ ވާޖިބު އަދާކުރަންޖެހޭ ދީނީ އަދި ދުނިވަޔަވީ އުސޫލުތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަންގެ ބައެއް މެމްބަރުންނާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބައެއް އިސްބޭފުޅުންނާއި ކޮމިޝަންގެ ބައެއް މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023
-
ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމުން
22 February 2023
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023 12:03
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023 12:03
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023 12:03
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023 12:02