ސަރކިއުލަރ / ފަނޑިޔާރުކަމުގެ މަޤާމު ހުސްވުން

ފަނޑިޔާރުކަމުގެ މަޤާމު ހުސްވުން

25/12/2024

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުން، ސާބިތު ދަރަންޏަށް ފައިސާ ނުދެއްކުމަކީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާނެކަމެއް ކަމުގައިވެފައި، އެއިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެނަމަ އެ ފަނޑިޔާރަކު ހުރި މަޤާމު ހުސްވީކަމުގައި އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ހިނދު، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު މުއާވިޔަތު ޤާސިމްގެ ކިބައިން ފަނޑިޔާރުކަމުގެ އެ އަސާސީ ޝަރުތު އުނިވެފައިވާތީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު މުއާވިޔަތު ޤާސިމް އަދާކުރަމުންދިޔަ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު ހުސްވެފައިވާކަމުގައި ދެންނެވީމެވެ.

ހިމަނާފައިވާ ލިޔުންތައް

2024-12-25-CIR_15_Fandiyaarukamuge magaamu husvun.pdf