ޚަބަރު / އަލްއުސްތާޛު އަޙްމަދު މުއާވިޔަތު ޤާސިމް އަދާކުރަމުންދިޔަ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު ހުސްވުން
އަލްއުސްތާޛު އަޙްމަދު މުއާވިޔަތު ޤާސިމް އަދާކުރަމުންދިޔަ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު ހުސްވުން
އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު މުއާވިޔަތު ޤާސިމްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި ނިމިފައިވާ ސާބިތުދަރަނީގެ މައްސަލައާ ގުޅިގެން ޙުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައި ނުވާކަން މައްސަލައިގެ ލިއެކިޔުންތަކުން އެނގެން އޮތުމާއި، އަދި މި ޙުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައި ނުވާނެ ކަމަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު މުއާވިޔަތު ޤާސިމް ތަޙްޤީޤުގައި އިއުތިރާފް ވެފައިވާތީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުން، ސާބިތު ދަރަންޏަށް ފައިސާ ނުދެއްކުމަކީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާނެ ކަމެއް ކަމުގައިވެފައި، އެއިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެނަމަ އެ ފަނޑިޔާރަކު ހުރި މަޤާމު ހުސްވީ ކަމުގައި އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ހިނދު، އިސްމެޖިސްޓްރޭޓް އަޙްމަދު މުއާވިޔަތު ޤާސިމްގެ ކިބައިން ފަނޑިޔާރުކަމުގެ އެ އަސާސީ ޝަރުތު އުނިވެފައިވާތީ، އަލްއުސްތާޛު އަޙްމަދު މުއާވިޔަތު ޤާސިމް އަދާކުރަމުންދިޔަ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު ހުސްވީކަމުގައި 2024 ޑިސެންބަރު 25 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ މިއަހަރުގެ 66 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
ހިމަނާފައިވާ ލިޔުންތައް
2024-12-25_PR_Muawiyathu Gasim.pdf-
ފަހުގެ ލިޔުންތައް
-
ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް ސަސްޕެންޑްކުރުމަށް ނިންމުން
16 January 2025
-
ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްފައްތާޙު ޢަބްދުލްޣަފޫރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
31 December 2024
-
އަލްއުސްތާޛު އަޙްމަދު މުއާވިޔަތު ޤާސިމް އަދާކުރަމުންދިޔަ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު ހުސްވުން
25 December 2024
-
ނޫސް ބަޔާން: މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
22 December 2024
-
އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު މުޢާވިއަތު ޤާސިމް ސަސްޕެންޑްކުރުމަށް ނިންމުން
28 November 2024
-
ފަހުގެ ލިޔުންތައް
-
ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް ސަސްޕެންޑްކުރުމަށް ނިންމުން
16 January 2025 12:01
-
ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްފައްތާޙު ޢަބްދުލްޣަފޫރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
31 December 2024 12:12
-
އަލްއުސްތާޛު އަޙްމަދު މުއާވިޔަތު ޤާސިމް އަދާކުރަމުންދިޔަ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު ހުސްވުން
25 December 2024 12:12
-
ނޫސް ބަޔާން: މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
22 December 2024 12:12