ޚަބަރު /

ނޫސްބަޔާން: ނ.ޅޮހީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ޙަސަން މަނިކުގެ ސުލޫކީ މައްސަލައެއް ބެލުމަށް ތަހްޤީޤް ކޮމެޓީ އެކުލަވާލުން

20/12/2020

ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޙަޟާނާތުގެ މައްސަލައިގައި، ދަޢުވާކުރި ފަރާތާ ކުއްޖާ ހަވާލުކުރުމަށް ވަގުތީ އަމުރެއް ނެރެ، އެ އަމުރު ހައިކޯޓުން ބާތިލްކުރުމުންވެސް، ކުއްޖާ ކުރިން ހުރި ހާލަތަށް ރުޖޫޢަކުރުމެއް ނެތި، ދަޢުވާކުރި ފަރާތުން ބޭނުންވި މަޤްޞަދު ޙާޞިލްވާ ގޮތަށް މައްސަލައިގެ ޙާލަތު ދަމަހައްޓައި، މައްސަލަ ތާވަލުނުކޮށް ގިނަ ދުވަސްތަކެއް ފާއިތު ވުމަށްފަހު ދައުވާ ކުރާ ފަރާތަށް އެކަނި ޗިޓް ފޮނުވައި، ދަޢުވާ ލިބޭ ފަރާތުގެ ބަހެއް ނެތި ދަޢުވާ ބާޠިލްކޮށްފައިވާ މައްސަލައާ ގުޅިގެން ނ.ޅޮހީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ޙަސަން މަނިކުގެ ސުލީކީ މައްސަލައެއް ބެލުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާތީ، ތަހްޤީޤް ކޮމެޓީ އެކުލަވާލުމަށް 20 ޑިސެންބަރު 2020 ގައި ބޭއްވުނު މި ކޮމިޝަންގެ 98ވަނަ ޖަލްސާގައި ނިންމިއެވެ.