ޚަބަރު /

ނޫސްބަޔާން: 2 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ނިންމުން

03/12/2020

02 ޑިސެމްބަރު 2020 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ 91ވަނަ ބައްދަލުވުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވުނެވެ.

1. ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، ގއ.ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާޙީމް އިޙްސާން، ޝަރީއަތް ކުރިއަށް ގެންދިޔުމުގައި ޤާނޫނާ ޚިލާފަށް ޢަމަލުކުރިކަމަށް ބުނާ މައްސަލައެއް

2. ވަގުތީ އަމުރެއް ނެރެދެއްވުމަށް އެދި ސިވިލްކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ވަގުތީ އަމުރާމެދު ގޮތެއް ނުނިންމަވައި އެކަށީގެންނުވާ މިންވަރަށް ސިވިލް ކޯޓުގެ ގާޟީ ޢަލީ ޢަބްދުﷲ މައްސަލަ ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލަ