ޚަބަރު / ނޫސް ބަޔާން: ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދިނުން

ނޫސް ބަޔާން: ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދިނުން

27/10/2020

ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރާ ބެހޭގޮތުން މިކޮޝަނަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލަތައް ސާބިތުވުމާ ގުޅިގެން، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 32-1 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައި، 25 އޮކްޓޫބަރު 2020 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، މިއަދު (27 އޮކްޓޫބަރު 2020) އިސްތިއުފާގެ ސިޓީ މިކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންވާ ގޮތުގެ މަތީން، ފަނޑިޔާރުކަމުގެ މަޤާމުން އިސްތިޢުފާ ދިނުމާ ގުޅިގެން 27 އޮކްޓޫބަރު 2020 ވަނަ ދުވަހުން ފެށިގެން އަލްއުސްތާޛު އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަނީ ވަކިވެފައެވެ.


27 އޮކްޓޫބަރ 2020