ޚަބަރު / ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދުއާ ބެހޭގޮތުން ތަޙްޤީޤްކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން

ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދުއާ ބެހޭގޮތުން ތަޙްޤީޤްކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން

14/07/2021

ޤާނޫނު  ނަންބަރު  10/2008  (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ  22  ވަނަ މާއްދާގެ (ށ)ގެ ދަށުން  ކޮމިޝަނުން ބެލި 2019/106 ނަންބަރު ޝަކުވާއާ ގުޅިގެން 2020 ފެބްރުއަރީ 24 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދުގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް 2021 ޖުލައި 07 ވަނަ ދުވަހު ބޭއްވި މިކޮމިޝަނުގެ 53 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ހިމަނާފައިވާ ލިޔުންތައް

289_20210831.pdf