ޚަބަރު /

ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ އަލްއުސްތާޛު ޙާމިދު ރަޝީދު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުން

02/06/2021

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނުތަކުގެ ދަށުން އެމަޤާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އަލްއުސްތާޛު ޙާމިދު ރަޝީދު ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމެވުމާއި ގުޅިގެން މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު އޮންލައިންކޮށް ވަނީ ބާއްވާފައެވެ.

ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަނުކުރެއްވި އަލްއުސްތާޛު ޙާމިދު ރަޝީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛު ޙާމިދު ރަޝީދު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕްރޮސެކިއުޓަރެއްގެ މަޤާމު 2 އަހަރާއި 5 މަސް އަދާކުރައްވާފައެވެ.

އެޓޭޗްމަންޓް

280_20210831.pdf