ޚަބަރު /

2 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުން

25/05/2021

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނުތަކުގެ ދަށުން އެމަޤާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 2 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމެވި 2 ބޭފުޅުން މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިއަދު އޮންލައިންކޮށް ވަނީ ބާއްވާފައެވެ. މިއަދު މަޤާމުގެ ހުވާކުރެއްވި 2 ބޭފުޅުންނަކީ:

  • ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ސ.ހިތަދޫ  ސެވެންސްޓަރ، އަލްއުސްތާޛާ ޒިޔާދާ ޠާހިރު.
  • ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ލ.ކުނަހަންދޫ  ލިލަކު، އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ.

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަނުކުރެއްވި އަލްއުސްތާޛާ ޒިޔާދާ ޠާހިރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަން އިން ބެޗްލަރ އޮފް ލޯސް ހާޞިލްކުރައްވާފައެވެ. އަލްއުސްތާޛާ ޒިޔާދާ ޠާހިރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕްރޮސެކިއުޓަރެއްގެ މަޤާމު 8 އަހަރު އަދާކުރައްވާފައެވެ. އަދި 01 އޭޕްރީލް 2019 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ ގެ މަގާމުގައެވެ.

ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހަމަޖެއްސެވި އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ހާޞިލްކުރައްވާފައެވެ.  އަލްއުސްތާޛާ ޢާއިޝަތު ސުމައިނާ ވަނީ 2018ވަނަ އަހަރުން ފެށިގެން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ގެ މަޤާމުގައި 1 އަހަރާއި 10 މަސް ދުވަހު އަދާކުރައްވާފައެވެ.

އެޓޭޗްމަންޓް

276_20210831.pdf