ޚަބަރު / ނޫސްބަޔާން: ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރަން ނިންމުން

ނޫސްބަޔާން: ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރަން ނިންމުން

24/03/2021

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްއާ ހަވާލުކޮށްފައިވާ ކޯޓުތަކަށް ދަތުރު ކުރަނީ ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށާއި، ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އަދާކުރަންޖެހޭ ޒިންމާއަށް އިހުމާލުވެފައިވާކަމަށާއި، ކޯޓުގެ މުވައްޒަފުންނާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ކޯޓުން ބޭރުގައި ދައްކާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަޙްޤީޤުކުރުމަށް މި ކޮމިޝަންގެ “މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ”އިން ނިންމާފައިވެއެވެ. އަދި 21 ފެބުރުއަރީ 2021 ވަނަ ދުވަހު ބޭއްވި މި ކޮމިޝަންގެ ނަންބަރު 2021/21 ވަނަ ޖަލްސާގައި މި މައްސަލަ ތަޙުޤީޤުކުރުމަށް ތަޙުޤީޤު ކޮމިޓީ އެކުލަވައިލިއެވެ.