ޚަބަރު / ނޫސްބަޔާން: 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ނިންމުން

ނޫސްބަޔާން: 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ނިންމުން

24/02/2021

ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަން ދިވެހިރާއްޖޭގައިވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި 18 މާރިޗު 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ޚާއްސަފިޔަފަޅުތަކުގެ ތެރޭގައި 19 މާރިޗު 2020 އިން ފެށިގެން ސަރުކާރު ބަންދު ކުރަން ނިންމަވައި ނެރުއްވި ދެންނެވުން ނަންބަރު 8/2020 ގައި ސަރުކާރު ބަންދުކުރައްވާ މުއްދަތުގައި، މެދިކެނޑުމެއްނެތި ރައްޔިތުންނަށް ޙިދުމަތް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް ކަނޑައެޅުއްވި އިދާރާތަކުގެ ތެރޭގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޙިދުމަތާއި ކޯޓުތަކުގެ ޙިދުމަތް ހިމަނުއްވައިފައިވާތީ ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ޙިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް ފޯރުކޮށްދިނުމަށް ދަންނަވައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ސަރކިއުލަރ 2020/02/SC އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރ JSC-C/CIR/2020/7 އާއި JSC-C/CIR/2020/10 އާ ޚިލާފަށް 17 ފަނޑިޔާރެއް ޢަމަލުކޮށްފައިވާތީ، މި 17  ފަނޑިޔާރުންގެ ސުލޫކީ މައްސަލަ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަން)ގެ 22 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކުރުމަށްޓަކައި، މި މައްސަލަތައް ތަޙުޤީޤުކުރާނެ ކޮމިޓީ، 03 ޖަނަވަރީ 2021 ގައި ބޭއްވި މި ކޮމިޝަންގެ ނަންބަރު 2021/01 ވަނަ ޖަލްސާގައި  އެކުލަވާލާފައިވެއެވެ.

  1. ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް އިބްރާޙީމް އިސްމާޢީލް 
  2. ޑްރަގްކޯޓުގެ ޤާޟީ އަލްއުސްތާޛް ޙުސައިން ޝަހާމަތު މާހިރު 
  3. ޅ.ކުރެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން އިބްރާހީމް 
  4. ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ޝަފީޤު 
  5. ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޢާމިރު 
  6. މ.މުލީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޝަރީފް 
  7. ކ.ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އަޙްމަދު 
  8. ކ.ގުޅި މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޙައްމާދު ނަސީމް ޢަލީ 
  9. ލ.ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލް މަޖީދު 
  10. ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޝަރީފް 
  11. ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކު 
  12. ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ސަޢީދް ޢަލީ
  13. ނ.ހެނބަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޝަރީފް 
  14. ރ.ވާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ނަޛީރު މުޙައްމަދު 
  15. ރ.އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު  މުޙައްމަދު ޞާދިޤު 
  16. ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު 
  17. ރ.ކިނޮޅަސް މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ޒާހިރު