ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާތަކެއްގައި ދަޢުވާލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާޠިލުކުރުމަށް އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު އަމުރު ނެރުމުގައި، ފާޅުކަންބޮޑުގޮތެއްގައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ޚިލާފަށް ޢަމަލުކޮށްފައިވުމާއި، އެ އަމުރު ނެރުމުގައި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ޤާނޫނު ހިންގުމަށް ހުރަސްއެޅޭގޮތަށް އަދި ޖިނާޢީ ދަޢުވާލިބޭ އެހެން ފަރާތްތަކާ މެދު ޢަމަލުކުރާ ގޮތާ ތަފާތުގޮތަކަށް ކަންކޮށްފައިވުމާއި، އަދި އެ އަމުރު ނެރުމުގައި ޢަދުލުއިންސާފު ޤާއިމްކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ދަޢުވާލިބޭ ފަރާތަށް ނާޖާއިޒް މަންފާ ހޯދައިދިންކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް މި ކޮމިޝަނުގައި އޮންނަ “މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ”އިން ނިންމާފައިވެއެވެ. އަދި 17 ފެބުރުއަރީ 2021 ވަނަ ދުވަހު ބޭއްވި މި ކޮމިޝަންގެ ނަންބަރު 2021/14 ވަނަ ޖަލްސާގައި މި މައްސަލަ ތަޙުޤީޤުކުރުމަށް ތަޙުޤީޤު ކޮމިޓީ އެކުލަވައިލިއެވެ.
- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ޚަބަރު /
ނޫސްބަޔާން: ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރަން ނިންމުން
17/02/2021
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
26 April 2022
-
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
25 April 2022
-
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
25 April 2022
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން
20 April 2022
-
ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން
19 April 2022
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
26 April 2022 12:04
-
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
25 April 2022 12:04
-
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
25 April 2022 12:04
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން
20 April 2022 12:04