ޚަބަރު /

ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރު ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުން

26/01/2021

ބ.ޖުޑީޝަލް ދާއިރާ ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރު، “ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތްކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު”ގެ ދަށުން ބަދަލުވުމަށް އެދިލެއްވުމާ ގުޅިގެން، 11 ފެބުރުވަރީ 2021 ން ފެށިގެން ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރަން ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކޮމިޝަނުން މިފަދައިން ނިންމުމާއެކު، 11 ފެބުރުވަރީ 2021 ން ފެށިގެން ބ.ޖުޑީޝަލް ދާއިރާ ހިންގުން ވަގުތީ ގޮތުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ލަޠީފާ ޙަވާލު ކުރުމަށްވެސް 24 ޖަނަވަރީ 2021 ގައި ބޭއްވި މި ކޮމިޝަންގެ މި އަހަރުގެ 07 ވަނަ ބައްދަލުވުމުގައި ނިންމިއެވެ.