ޚަބަރު / 5 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙުޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލުން

5 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙުޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލުން

25/01/2021

މި ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ތިރީގައިވާ ސުލޫކީ މައްސަލަތައް ތަޙްޤީޤުކުރަން ނިންމާފައިވާތީ، އެ މައްސަލަތައް ތަޙްޤީޤުކުރުމަށް މި ކޮމިޝަނުން ތަޙްޤީޤު ކޮމިޓީ އެކުލަވާލިއެވެ. އެގޮތުން،

  • ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވެވި ޝަރީޢަތުގެ މަޖްލިހެއް ނިމުނީކަމަށް ޢިއުލާންކުރެއްވުމަށްފަހު، މައްސަލައިގައި ހިމެނޭ ޚަސްމަކާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލަ
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ 3 ފަނޑިޔާރުން، އަލްއުސްތާޛް ޢަބްދުއްރަޢޫފު އިބްރާހީމްއާއި އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަދި އަލްއުސްތާޛް ޢަލީ ސަމީރު، ޤާނޫނު އަސާސީގެ 152 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 41 ވަނަ މާއްދާއާ ޚިލާފަށް ޢިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލަ

މިގޮތުން އެކުލަވާލި ކޮމިޓީގައި ހިމަނާފައިވަނީ ކޮމިޝަނުން ތަޙްޤީޤުކުރާ ސުލޫކީ މައްސަލަތަކުގެ ތަޙްޤީޤުތަކަށް ކޮމިޝަނުން ބޭރުން ނަގާފައިވާ ބޭފުޅުންނެވެ.

  • ދ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއަކާ ގުޅިގެން ހައްޔަރުގައި ހުރި މީހެއްގެ ބަންދު މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވުމުން އެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި އަހަރު ދުވަސް ވެފައިވުމާއި، އަދި އެ ޤަޟިއްޔާގައި އަޑުއެހުންތައް ފަށައި ނުގަނެ އެކަށީގެންވާ މިންވަރަށް ދިގުމުއްދަތެއްވެފައިވާތީ، މިއީ އެ މައްސަލަ ބައްލަވާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ ޝަފީޤު ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވުންކަމަށް ބުނާ މައްސަލަ