ޚަބަރު /

ދެ ޤާޟީއެއްގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް ތަހްޤީޤު ކޮމެޓީ އެކުލަވާލުން

14/01/2021

13 ޖަނަވަރީ 2021 ވަނަ ދުވަހު ބޭއްވި މި ކޮމިޝަންގެ ޖަލްސާގައި ތިރީގައި ބަޔާންކުރެވިފައިވާ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަ ތަޙްޤީޤުކުރުމަށް މި ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމެޓީން ނިންމާފައިވާތީ ތަޙްޤީޤް ކޮމިޓީ އެކުލަވާލެވުނެވެ.

  1. ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ތަންފީޛީ ޤަޟިއްޔާއެއްގައި ހިމެނޭ ޚަޞްމަކާ އެޤަޟިއްޔާއާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން މުޢާމަލާތުކޮށް، ޙުކުމް ތަންފީޛް މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް އެ ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދު ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ
  2. ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ އަޑުއެހުމެއްގައި، ޤާނޫނީ ގޮތުން ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ އެކަށީގެންވާ ފުރުޞަތު ދަޢުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންނަށް ނުލިބޭފަދަ ގޮތަކަށް ޢަމަލުކުރައްވައި، ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދިއުމުގައި އެކަށީގެންނުވާގޮތަށް އެ ކޯޓުގެ ޤާޟީ އަލްއުސްތާޛް މުޙައްމަދު ސަމީރު ޢަމަލުތައް ބެހެއްޓިކަމަށް ބުނާ މައްސަލައާއި، މި ޤަޟިއްޔާގެ އެހެން އަޑުއެހުމެއްގައި ދަޢުވާލިބޭ ފަރާތުގެ ޤަނޫނީ ވަކީލުން ކުށްވެރިކުރާފަދަ ގޮތަކަށް ވާހަކަދައްކައި އަދި އެ ވަކީލުންނާ މެދު ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ޤާޟީ އަލްއުސްތާޛް މުޙައްމަދު ސަމީރު ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ