ޚަބަރު / ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިންގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް ތަހްޤީޤު ކޮމެޓީ އެކުލަވާލުން

ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިންގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް ތަހްޤީޤު ކޮމެޓީ އެކުލަވާލުން

11/01/2021

ސ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ ޤަޟިއްޔާއެއްގައި ދައުވާ ލިބުނު ފަރާތަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމުގެ ފުރުޞަތު އެ ޤަޟިއްޔާ ބެއްލެވި ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިން ނުދެއްވި ކަމަށް ބުނާ މައްސަލައެއް ތަހްޤީޤްކުރުމަށް މި ކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމެޓީން ނިންމާފައިވާތީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ނަފީސް ޙުސައިންގެ ސުލޫކީ މި މައްސަލަ ތަޙުޤީޤުކުރުމަށް 2021 ޖަނަވަރީ 10 ވަނަ ދުވަހު ބޭއްވި މި ކޮމިޝަންގެ ޖަލްސާގައި ތަހްޤީޤު ކޮމެޓީ އެކުލަވާލާފައިވެއެވެ.