ސަރކިއުލަރ / ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަނޑިޔާރުން ވަޒީފާއަށް ނުކުތުމާގުޅޭ

ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަނޑިޔާރުން ވަޒީފާއަށް ނުކުތުމާގުޅޭ

30/08/2021

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-L/CIR/2021/25 ( 7 އޯގަސްޓް 2021 ) ސަރކިއުލަރ އިން މިހާރު ކަނަޑައަޅާފައިވާ އުސޫލުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ވެކެސިޖެހުމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ވެކެސިންގެ ޑޯޒްތައް ޖަހާފައިނުވާނަމަ، 1 ސެޕްޓެމްބަރ 2021 ފެށިގެން ވަޒީފާއަށް ނުކުމެވޭނީ ކޮންމެ 14 ދުވަހަކުން ޕީ.ސީ.އާރު. ޓެސްޓް ހަދައިގެން ކަމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ކަނޑައަޅުއްވާފައެވެ.

އެހެންކަމުން، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުޠު ހަމަވާ ފަނޑިޔާރުން ވެކްސިން ޖެހުމަށާއި، އަދި ވެކް ސިން ޖެހުމަށް ޝަރުޠު ފުރިހަމަވާ ފަނޑިޔާރުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ ފަނޑިޔާރުން 1 ސެޕްޓެމްބަރ 2021 ން ފެށިގެން ކޮންމެ 14 ދުވަހަކުން ޕީ.ސީ.އާރު. ޓެސްޓް ހައްދަވައިގެން ވަޒީފާއަށް ނުކުތުމަށް ދެންނެވީމެވެ. އަދި އެގޮތުގެ މަތީން ފަނޑިޔާރުން ޢަމަލުކުރައްވާކަން މިކޮމިޝަނުން ކަށަވަރުކުރަމުން ގެންދާނެ ވާހަކަވެސް ދެންނެވީމެވެ.

ހިމަނާފައިވާ ލިޔުންތައް

256_20210831.pdf