ސަރކިއުލަރ / ދާއިރާ ޙަވާލުވުމުންނާއި ވަކިވަކި މައްސަލަތައް ބެލުމަށް ދާ ފަނޑިޔާރުންނަށް ދެއްވަމުން ގެންދަވާ އެލަވަންސްތައް ހަމަޖެހިފައިވާގޮތް

ދާއިރާ ޙަވާލުވުމުންނާއި ވަކިވަކި މައްސަލަތައް ބެލުމަށް ދާ ފަނޑިޔާރުންނަށް ދެއްވަމުން ގެންދަވާ އެލަވަންސްތައް ހަމަޖެހިފައިވާގޮތް

23/11/2015

 

މި ސަރކިއުލަރއަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން މި ކޮމިޝަންގެ ނަންބަރު JSC-C/2014/CIR/10                  (30 ޖޫން 2014) ސަރކިއުލަރ ބާޠިލްވީއެވެ. 

ދާއިރާ ޙަވާލުވުމުންނާއި ވަކިވަކި މައްސަލަތައް ބެލުމަށް ދާ ފަނޑިޔާރުންނަށް ދެއްވަމުން ގެންދަވާ އެލަވަންސްތައް ހަމަޖެހިފައިވާގޮތް 

ޤާނޫނު ނަންބަރ: 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ށ) ގައި އެހެން ކޯޓެއްގައި ވަގުތީގޮތުން ޝަރީޢަތްކުރަން ޙަވާލުކުރެވޭ ފަނޑިޔާރަކަށް އެމާއްދާގެ (ހ) ގައި ބުނާ މުސާރައިގެ އިތުރުން ލިބެންޖެހޭ އެހެނިހެން ޢިނާޔަތްތައް މިކޮމިޝަނަށް ކަނޑައެޅިދާނެ ކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތިން މި ކޮމިޝަނުން ކަނޑައަޅާފައިވާ އިނާޔަތްތައް ތިރީގައި އެވަނީއެވެ. އަދި ތިރީގައިވާ ގޮތަށް އެލަވަންސް ދޭނީ ކޮމިޝަނުން ނިންމާ ތާރީޚުން ފެށިގެންނެވެ.

 

ޢިނާޔަތްތައް ދިނުމަށް ކޮމިޝަނުން ނިންމި ގޮތް

ޢިނާޔަތް

ތަފްޞީލު

ހުރުމުގެ ޚަރަދު

·        އެ ފަނޑިޔާރަކު ޢައްޔަންކޮށްފައިވާ ކޯޓުނޫން އެހެން ކޯޓަކަށް ޝަރީޢަތްކުރައްވަން ވަޑައިގެން ހުންނަވާނަމަ ރެއަކާދުވާލަކަށް -/350 ރުފިޔާ.

ކެއުމުގެ ޚަރަދު

·        ކެއުމުގެ ޚަރަދުގެ ގޮތުގައި ރެއަކާއި ދުވާލަކަށް -/180 (ސަތޭކަ އައްޑިހަ) ރުފިޔާ. މިގޮތުން ކެއުމުގެ ޚަރަދު ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

-          ހެނދުނުގެ ސައި: -/50 (ފަންސާސް) ރުފިޔާ

-          މެންދުރުގެ ކެއުން: -/50 (ފަންސާސް) ރުފިޔާ

-          ހަވީރުގެ ސައި: -/30 (ތިރީސް) ރުފިޔާ

-          ރޭގަނޑުގެ ކެއުން: -/50 (ފަންސާސް) ރުފިޔާ

·        ކެއުމުގެ ޚަރަދު ދިނުމުގައި ފުރިހަމަ ދުވަހެއް ހަމަނުވާނަމަ ކެއުމުގެ ޚަރަދު ދޭނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.

-       ދުވަހެއްގައި ދުވަހެއްގެ އެއްއިރުގެ ކެއުމާއި އެއްއިރުގެ ސައިގެ ވަގުތުފާއިތުވާނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަވަރުގެ 2/1 ދިނުން

-       ދަތުރުގައި ދުވަހެއްގެ އެއްއިރުގެ ކެއުމާއި އެއްއިރުގެ ސައިގެ ވަގުތުފާއިތުވުމުގެ އިތުރަށް ކެއުމުގެ ނުވަތަ ސައިގެ ވަގުތެއް ފާއިތުވެއްޖެނަމަ، ދުވަހަކަށް ކަނޑައެޅިފައި އޮންނަ އަދަދު އެކުގައިދިނުން.

ދަތުރު ޚަރަދު

-          ކޯޓު ޙަވާލުވާ މެޖިސްޓްރޭޓަށް ވަގުތީގޮތުން ޙަވާލުވާ ކޯޓަށް ރަސްމީ އެއް ދަތުރު ކުރެވޭގޮތަށް ހަމަޖެއްސުމަށާއި ފެރީގެ ނިޒާމު އޮތްކަމަށްވާނަމަ، ޙާލަތަށް ބަލާފައި ޑިޕާޓްމަންޓް  އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހުއްދައާއެކު އިތުރު ދަތުރު ކުރުން.

ދާއިރާ އެލަވަންސް

-          އަދި ޢައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓެއް ނުވަތަ ކޯޓުތަކެއް ހިންގުން ޙަވާލުކުރުމުން، އެ ކޯޓުގައި މަސައްކަތް ކުރުމަށް ގޮސް ހުންނަ ދުވަސްތަކުގައި ކޮންމެ ދުވަހަކަށް -/100 ރުފިޔާ

ދަތުރު އެލަވަންސް

-          ވަކިވަކި މައްސަލަތައް ބެލުމަށް އެބޭފުޅަކު ޢައްޔަންކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓުތަކުން މެޖިސްޓްރޭޓުން ކުރައްވާ ދަތުރުފުޅުތަކަށް، އެ މައްސަލައެއް ހުށަހެޅިފައިވާ ކޯޓުގައި މަސައްކަތް ކުރުމަށް ގޮސް ހުންނަ ދުވަސްތަކުގައި ކޮންމެ ދުވަހަކަށް، ދަތުރު އެލަވަންސްގެ ގޮތުގައި -/100 ރުފިޔާ

 

 

މަތީގައިވާ ގޮތަށް އެލަވަންސް ހަމަޖެއްސެވުމާ ގުޅިގެން 01 ޖުލައި 2014 ން ފެށިގެން JSC-C/2014/CIR/1                  (12 ޖަނަވަރީ 2014) ސަރކިއުލަރ އިން ޢައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓެއް ނުވަތަ ކޯޓުތަކެއް ހިންގުން ޙަވާލުކުރުމުން އެ ކޯޓު (ދާއިރާ) އަށް ކުރައްވާ ކޮންމެ ދަތުރަކަށް ދިނުމަށް ކަނޑައަޅާފައިވާ -/300 ރުފިޔާ ދިނުން ހުއްޓާލަންވާނެއެވެ.

 

މަތީގައިވާ ގޮތަށް އެލަވަންސް ހަމަޖެއްސެވުމާ ގުޅިގެން 01 ޖުލައި 2014 ން ފެށިގެން މާލިއްޔަތު ޤަވާއިދުގެ 5.07، 5.08 އަދި 5.09 ގައިވާ ގޮތުގެމަތިން ދެމުން ގެންދަވާ އެލަވަންސްތަކާއި މި ކޮމިޝަންގެ ނަންބަރު JSC/10/CIR/08 (07 އޮކްޓޯބަރ 2010) ސަރކިއުލަރގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެމުން ގެންދަވާ އަތޮޅުތަކުގެ ކޯޓުތަކުގެ ދާއިރާ ހަވާލުކުރާނަމަ ދާއިރާ އެލަވަންސްގެ ގޮތުގައި މަހަކު -/300 ރުފިޔާ އަދި އެއް ދާއިރާއަށްވުރެ ގިނަ ދާއިރާ ހަވާލުކުރާނަމަ ދާއިރާގެ އެލަވަންސްގެ ގޮތުގައި މަހަކު -/500 ރުފިޔާގެ އެލަވަންސް ދިނުން ހުއްޓާލަންވާނެއެވެ.