ސަރކިއުލަރ / މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއަރ ކޯޓުތަކުގައި މަސައްކަތްކުރައްވާ ފަނޑިޔާރުންގެ ގަޑިޖެހުމާއި، ގަޑީ ލާރި ކެނޑުމުގައި ޢަމަލުކުރާނެ ގޮތް ރިވިއުކުރުން

މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއަރ ކޯޓުތަކުގައި މަސައްކަތްކުރައްވާ ފަނޑިޔާރުންގެ ގަޑިޖެހުމާއި، ގަޑީ ލާރި ކެނޑުމުގައި ޢަމަލުކުރާނެ ގޮތް ރިވިއުކުރުން

19/05/2014

މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުން ކޯޓަށް ވަޑައިގަންނަވަންޖެހޭ ގަޑި ކަނޑައަޅައި ކޮމިޝަނުން ނިންމާފައިވާ ކޮމިޝަނުގެ ނަންބަރު: JSC-B1/11/329 (08 ޑިސެމްބަރ 2011) ނިންމުން މުރާޖަޢާކޮށް އެކޯޓުތަކުގެ ފަނޑިޔާރުން ގަޑިޖެހޭ ވަގުތަކީ ހެނދުނު 9:00 ގައި ކަމުގައި ހަމަޖައްސައި، އަދި ގަޑިޖެހޭނެކަމަށް ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ކޯޓަށް ނުކުންނެވި ނަމަވެސް ގަޑީލާރި ނުކެނޑޭނެ ކަމަށާ، އެހެންނަމަވެސް ކޮމިޝަނުން މެޖިސްޓްރޭޓް ކޯޓުތަކާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ޕާރފޯމަންސް ބަލާއިރު އެކަމަށް ރިޢާޔަތްކުރާނެކަމުގައި އެ ކޯޓުތަކަށް އެންގުމަށް 12 މެއި 2014 ވަނަ ދުވަހު ބޭއްވެވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 36/2014 ވަނަ ބައްދަލުވުމުގެ ނަންބަރު 14/96/JSC-B-CB ނިންމުމުން ވަނީ ނިންމަވާފައެވެ.

ހިމަނާފައިވާ ލިޔުންތައް

249_20210825.pdf