ސަރކިއުލަރ /

އެއް މެޖިސްޓްރޭޓަކު އަނެއް މެޖިސްޓރޭޓަކަށް މަސައްކަތު މާޙައުލުގައި އެއްބާރުލުން ދިނުން

05/03/2012

ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުން ޗުއްޓީ ނެގުންފަދަ ކަންކަމާގުޅިގެން، ޗުއްޓީ ނެންގެވި މެޖިސްޓްރޭޓްގެ މަސްޢޫލިއްޔަތު ނުވަތަ މަސައްކަތް ކުރައްވާ ސެކްޝަން ނުވަތަ ކޯޓު އެ ކޯޓުގެ އެހެން މެޖިސްޓްރޭޓަކާ ނުވަތަ އެ ދާއިރާގެ އެހެން މެޖިސްޓްރޭޓަކާ ޙަވާލުކުރުން ފަދަ ކަންކަމުގައި، މެޖިސްޓްރޭޓުންގެ މެދުގައި އެއްބާރުލުން އޮންނަންވީ އެންމެ ފުރިހަމަ ގޮތުގައި ނެތުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެ އެކަމުގެ ޝަކުވާތައް ކޮމިޝަނަށް ހުށަހެޅެމުންދެއެވެ.

މެޖިސްޓްރޭޓުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅެމުންދާ މިފަދަ ޝަކުވާތަކަކީ މެޖިސްޓްރޭޓުންގެ މެދުގައި މަޝްވަރާކޮށްގެން ޙައްލުކުރެވިދާނެ މައްސަލަތަކެއްކަމަށް ކޮމިޝަނުން ދެކެމެވެ. މިފަދަ މައްސަލަތައް ދިމާވަނީ ކޯޓުތަކުގެ މެޖިސްޓްރޭޓުންގެެ މެދުގައި އޮންނަންޖެހޭ ގުޅުމާއި އެކުވެރިކަން އޮންނަންޖެހޭ މިންވަރަށް ނެތުމުގެ ސަބަބުން ކަމަށް ކޮމިޝަނަށްް ވަނީ ފާހަގަކުރެވިފައިވެއެވެ.

ވީމާ، ކުރިއަށްއޮތްތަނުގައި އެއް މެޖިސްޓްރޭޓަކު އަނެއް މެޖިސްޓްރޭޓަކާ ގުޅިގެން މަސައްކަތުގެ މާޙައުލުގައި އެއް މެޖިސްޓްރޭޓަކު އަނެއް މެޖިސްޓްރޭޓަކަށް ދޭންވީ އެއްބާރުލުން ދީގެން މަސައްކަތްކުރުމަށާއި، މެޖިސްޓްރޭޓުންނަކީ އެހެން މީހުންނަށް އިޙްތިރާމްކުރަންޖެހޭ ބަޔަކަށްވާއިރު، މެޖިސްޓްރޭޓއްގެެ ޙައިސިއްޔަތުން، މަސައްކަތްކުރުމުގެ މާޙައުލުގައި ބަހައްޓަންޖެހޭ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމަށާއި އެއް މެޖިސްޓްރޭޓަށްވުރެ ގިނަ މެޖިސްޓްރޭޓުން ތިއްބަވާ ކޯޓުތަކުގައި އެއް މެޖިސްޓްރޭޓަކު އަނެއް މެޖިސްޓްރޭޓަކަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ދަންނަވަމެވެ.

އެޓޭޗްމަންޓް

247_20210825.pdf