ސަރކިއުލަރ / ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުން ކަނޑައެޅުމުގެ އުސޫލު ކޮމިޝަނުން ފާސްކުރުމާގުޅިގެން އެ އުސޫލުގެ ދަށުން ތައްޔާރުކުރެވިފައިވާ މަޤާމުގެ އޮނިގަނޑުގައިވާގޮތަށް މެޖިސްޓްރޭޓުން އެ މަޤާމުތަކަށް ހަމަޖެއްސުން

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުން ކަނޑައެޅުމުގެ އުސޫލު ކޮމިޝަނުން ފާސްކުރުމާގުޅިގެން އެ އުސޫލުގެ ދަށުން ތައްޔާރުކުރެވިފައިވާ މަޤާމުގެ އޮނިގަނޑުގައިވާގޮތަށް މެޖިސްޓްރޭޓުން އެ މަޤާމުތަކަށް ހަމަޖެއްސުން

04/01/2012

 

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުން ކަނޑައެޅުމުގެ އުސޫލު 13 ސެޕްޓެމްބަރ 2011 ގައި ކޮމިޝަނުން ފާސްކުރެއްވުމާއި ގުޅިގެން އެ އުސޫލުގެ ދަށުން އެކުލަވާލާފައިވާ އޮނިގަނޑުގައިވާ މަޤާމުތަކަށް މެޖިސްޓްރޭޓުން ހަމަޖެއްސުމަށް 22 ޑިސެމްބަރ 2011 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި ގޮތުން މެޖިސްޓްރޭޓުން ހަމަޖައްސަވާފައިވާ މަޤާމުތަކާއި އެ މަޤާމަށް ހަމަޖެެއްސެވި ތާރީޚާއި ވަޒީފާއަދާކުރާ ކޯޓް އެނގޭނޭ ލިސްޓްތައް މި ސަރކިއުލަރއާއެކުގައި މިވަނީއެވެ. އަދި މި މަޤާމުތަކަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމަށް ބަދަލު އައިސްފައިވާ ބޭފުޅުންނަށް އެ މަޤާމަށް ކަނޑައަޅާފައިވާ މުސާރަ ދެމުންގެންދާނީ އެ ބޭފުޅަކު އެ މަޤާމަށް ބަދަލުކޮށްފައިވާ ތާރީޚުން ފެށިގެން ކަމުގައި ދަންނަވަމެވެ. 

މި ސަރކިއުލަރއާ އެކުގައިވާ ލިސްޓްތަކަކީ:

1-     ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ހަމަޖެހިފައިވާ ބޭފުޅުންގެ ލިސްޓް

2-     01 މެޖިސްޓްރޭޓް ހުރުމުގެ ސަބަބުން ކޯޓް އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ހަމަޖެހިފައިވާ ބޭފުޅުންގެ ލިސްޓް

3-     މެޖިސްްޓްރޭޓުންގެ ގޮތުގައި ހަމަޖެހިފައިވާ ބޭފުޅުންގެ ލިސްޓް

4-     އާބާދީގައި 500 ހަމަނުވުމުގެ ސަބަބުން ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި ހަމަޖެހިފައިވާ ބޭފުޅުންގެ ލިސްްޓް.

ހިމަނާފައިވާ ލިޔުންތައް

245_20210825.pdf