ސަރކިއުލަރ / ފަނޑިޔާރަކު އެހެން ކޯޓެއްގައި ވަގުތީގޮތުން ޝަރީޢަތްކުރަން ޙަވާލުކުރުން

ފަނޑިޔާރަކު އެހެން ކޯޓެއްގައި ވަގުތީގޮތުން ޝަރީޢަތްކުރަން ޙަވާލުކުރުން

07/10/2010

1. މިއީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 49 މާއްދާގައި ބަޔާންކުރާ ގޮތުގެމަތީން، އެ މާއްދާގައި ބުނާ ޖުޑީޝަލް ކައުންސިލް އުފެދި އެ ކައުންސިލްގެ މަޝްވަރާއާއެކު އުސޫލެއް އެކުލަވާލައި ފާސްކުރެވެން ދެން، ފަނޑިޔާރަކު އެހެން ކޯޓެއްގައި ވަގުތީ ގޮތުން ޝަރީޢަތްކުރަން ޙަވާލުކުރުމާމެދު ގޮތެއް ކަނޑައެޅުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢަމަލުކުރާނެ ގޮތް ބަޔާންކުރާ ސަރކިއުލަރއެވެ. މި ސަރކިއުލަރއަށް ޢަމަލުކުރަންފެށުމުން މި ކޮމިޝަންގެ ނަންބަރު 24/JSC/09/CIR (13 ޑިސެމްބަރ 2009) ސަރކިއުލަރ ބާޠިލުވާނެއެވެ.

2. ވަގުތީގޮތުން އެހެން ކޯޓެއްގައި ޝަރީޢަތް ހިންގުން ފަނޑިޔާރަކާ ހަވާލުކުރެވޭނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ނުވަތަ ޙާލަތްތަކެއް މެދުވެރިވެގެންނެވެ. އަދި މިގޮތުން ޙަވާލުކުރެވޭނީ އެ ފަނޑިޔާރަކު
މަސައްކަތްކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ ކޯޓެއްގެ މަސައްކަތެވެ.
2.1 ފަނޑިޔާރަކު ޗުއްޓީ ނެގުން.
2.2 ފަނޑިޔާރަކު ބަލަމުންދާ މަސައްލައަކުން ތަނާޒުލްވާންޖެހުން.
2.3 ފަނޑިޔާރަކު ކިޔެވުމަށް ނުވަތަ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަމްރީންނަކަށް ވީއްލުން.
2.4 އަތޮޅު ތަކުގެ ކޯޓުތަކުގެ ތެރެއިން ކޯޓެއްގައި ދާއިމީ މެޖިސްޓްރޭޓަކު ނެތުމުގެ ސަބަބުން، އެ ކޯޓެއްގެ ދާއިރާ ވަގުތީގޮތުން ބަލަހައްޓަން މެޖިސްޓްރޭޓަކާ ހަވާލުކުރަންޖެހުން.
2.5 ދަށުކޯޓުތަކުގެ ތެރެއިން މާލޭކޯޓަކަށް ހުށަހެޅޭ މައްސަލައިގެ ނިސްބަތުން އެކޯޓެއްގައި ތިއްބެވި ފަނޑިޔާރެއްގެ މައްޗަށް އަހަރަކު 100 މައްސަލައަށްވުރެ އިތުރުވުން.
2.6 ދަށުކޯޓުތަކުގެ ތެރެއިން ރަށުކޯޓަކަށް ހުށަހެޅޭ މައްސަލައިގެ ނިސްބަތުން އެކޯޓެއްގައި ތިއްބެވި ފަނޑިޔާރެއްގެ މައްޗަށް އަހަރަކު 100 މައްސަލައަށްވުރެ އިތުރުވުން.
2.7 ކޯޓުގެ ރަޖިސްޓްރީގައި ފަނޑިޔާރުންގެ މަޤާމް ކަނޑައެޅިފައިވާ ޢަދަދަށްވުރެ، އެކޯޓަށް ހަމަޖެހިފައިވާ ފަނޑިޔާރުންގެ ޢަދަދު މަދުވެފައި ވުމާއެކު، އެކަމުގެ ސަބަބުން އެކޯޓަށް ހުށަހެޅޭ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ނިންމަމުން ގެންދިއުމަށް ހުރަސްއެޅިފައިވުން.
2.8 ކޯޓުގައި ދާއިމީކޮށް މަސައްކަތް ކުރަމުންދާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ނުވަތަ އެކޯޓުގެ ފަނޑިޔާރުން ތަކެއް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނުވަތަ ކަމާބެހޭ އެހެން ފަރާތަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ވަގުތީގޮތުން ވަޒީފާއަށް ނުނެރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސަރވިސް ކޮމިޝަނުން ނިންމުމުގެ ސަބަބުން އެކޯޓަށް ހުށަހެޅޭ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ނިންމަމުން
ގެންދިއުމަށް ހުރަސް އެޅިފައިވުން.
2.9 މަސައްކަތް ހަވާލުކުރެވޭ ކޯޓުގައި އެކަށީގެންވާ މިންވަރަށް މަސައްކަތް ނުހިނގާނަމަ، ނުވަތަ އެކޯޓުން ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުން.
2.10 އަދި މިނޫންވެސް ކޯޓުގެ މަސައްކަތް ލަސްވާފަދަ ނުވަތަ ހުއްޓޭފަދަ ސަބަބުތަކެއް ހުރިކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވޭފަދަ ޙާލަތެއް މެދުވެރިވެފައިވުން.
3. މި ސަރކިއުލަރގެ 2 ވަނަ މާއްދާގެ 2.1، 2.2، 2.3 އަދި 2.4 ގައި ބަޔާންކޮށްފައިވާ ޙާލަތުންކުރެ ޙާލަތެއް ރަށުކޯޓުތަކުގެ މެޖިސްޓްރޭޓަކަށް މެދުވެރިވެގެން ވަގުތީގޮތުން އެ ކޯޓެއްގެ ދާއިރާއަށް އެ އަތޮޅުގެ މެޖިސްޓްރޭޓުންގެ ތެރެއިން މެޖިސްޓްރޭޓެއް ހަމަޖައްސާނީ އެ އަތޮޅެއްގެ އިސް މެޖިސްޓްރޭޓް ނުވަތަ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތާއި ޒިންމާއާ ހަވާލުވެ ހުރި މެޖިސްޓްރޭޓެކެވެ. މިގޮތުން އެއްކޯޓެއްގެ ފަނޑިޔާރަކު އަނެއް ކޯޓެއްގައި ވަގުތީގޮތުން މަސައްކަތްކުރަން ކަނޑައަޅައިފިނަމަ ވަގުތީގޮތުން މަސައްކަތްކުރުމަށް މެޖިސްޓްރޭޓަކު ހަމަޖައްސައި ދިނުމަށް އެދުނު ކޯޓަށާއި، ވަގުތީގޮތުން މަސައްކަތްކުރަން ގެނައުމަށް ހަމަޖެހިފައިވާ މެޖިސްޓްރޭޓަށާއި އެ މެޖިސްޓްރޭޓު މަސަތްކަތްކުރާ ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެކަން އަންގަންވާނެއެވެ. އަދި މިކަމާއި ގުޅިގެން ދެންކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.
4. މި ސަރކިއުލަރގެ 2 ވަނަ މާއްދާގެ 2.1، 2.3 އަދި 2.8 ގައި ބަޔާންކޮށްފައިވާ ޙާލަތުންކުރެ ޙާލަތެއް އަތޮޅެއްގެ އިސް މެޖިސްޓްރޭޓަކަށް ނުވަތަ އިސް މެޖިސްޓްރޭޓުގެ ޒިންމާއާ ހަވާލުވެ ހުރި މެޖިސްޓްރޭޓަކަށް ނުވަތަ މާލޭ ކޯޓެއްގެ އިސް ޤާޟީއަކަށް ނުވަތަ އިސް ޤާޟީގެ މަސްއޫލިއްޔަތާއި ޒިންމާއާ ހަވާލުވެ ހުރި ޤާޟީއަކަށް ނުވަތަ ހައިކޯޓުގެ އިސްފަނޑިޔާރަށް ނުވަތަ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތާއި ޒިންމާއާ ހަވާލުވެ ހުރި ފަނޑިޔާރަކަށް މެދުވެރިވެގެން ވަގުތީގޮތުން އެ ފަނޑިޔާރެއްގެ މަސްއޫލިއްޔަތާއި ޒިންމާއާ އަދާކުރާނެ ފަނޑިޔާރަކު ހަމަޖައްސާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ. އަދި މި މާއްދާގައި ބުނާ ހާލަތުންކުރެ ހާލަތެއް ދިމާވެގެން އެކޯޓަކުން މި ކޮމިޝަނަށް އަންގަތާ ލަސްވެގެން 24 ގަނޑިއިރުގެ ތެރޭގައި އެ ކޯޓު ހިންގުމަށް ފަނޑިޔާރަކާއި މި ކޮމިޝަނުން ހަވާލުކުރަންވާނެއެވެ.
5. މި ސަރކިއުލަރގެ 2 ވަނަ މާއްދާގެ، 2.5، 2.6، 2.7، 2.8، 2.9 އަދި 2.10 ގައި ބަޔާންކޮށްފައިވާ ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެގެން ވަގުތީ ގޮތުން އެހެން ކޯޓެއްގައި މަސައްކަތްކުރުމަށް ފަނޑިޔާރަކު ހަމަޖައްސާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.
6. މިސަރކިއުލަރގެ 2 ވަނަ މާއްދާގެ 2.5، 2.6، 2.7، 2.8، 2.9 އަދި 2.10 ގައި ބަޔާންކޮށްފައިވާ ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެގެން ވަގުތީ ގޮތުން އެހެން ކޯޓެއްގައި މަސައްކަތްކުރުމަށް ފަނޑިޔާރަކު ހަމަޖައްސައި ދެވޭނީ 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށެވެ.

7. މި ސަރކިއުލަރގެ 2 ވަނަ މާއްދާގެ 2.5، 2.6، 2.7، 2.8، 2.9 އަދި 2.10 ގައި ބަޔާންކޮށްފައިވާ ހާލަތުން ކުރެ ހާލަތެއް މެދުވެރިވެގެން ވަގުތީ ގޮތުން މަސައްކަތް ކުރުމަށް ގެންނަ ފަނޑިޔާރަކު އެކޯޓެއްގައި މަސައްކަތް ކުރާނެ މުއްދަތު ކަނޑައަޅާނީ މުއްދަތު ކަނޑައަޅާނީ އެކޯޓެއްގެ އެކޯޓެއްގެ ހާލަތަށް ހާލަތަށް ރިއާޔަތްކުރުމަށްފަހު ކޮމިޝަނުންނެވެ. މިގޮތުން ކަނޑައަޅާ މުއްދަތަށްވުރެ ކުރިން އެފަނޑިޔާރަކާ ހަވާލު ކުރެވުނު މަސައްކަތް ނިމިއްޖެނަމަ، އެކަން އެކޯޓަކުން މި ކޮމިޝަނަށް އަންގަންވާނެއެވެ.

8. މި ސަރކިއުލަރގެ 2 ވަނަ މާއްދާގެ 2.5، 2.6، 2.7، 2.8، 2.9 އަދި 2.10 ގައި ބަޔާންކޮށްފައިވާ ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެގެން ވަގުތީ ގޮތުން އެހެން ކޯޓެއްގައި މަސައްކަތްކުރުމަށް ފަނޑިޔާރަކު ހަމަޖައްސަން ބޭނުންވާ ތާރީޚުގެ 10 (ދިހައެއް) ދުވަސް ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތަށް ހުށަހަޅާއިރު، ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެކޯޓެއްގައި ވަގުތީގޮތުން މަސައްކަތްކޮށްފައިވާ ފަނޑިޔާރުންގެ ލިސްޓެއް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
9. އެއްކޯޓެއްގެ ފަނޑިޔާރަކު އަނެއް ކޯޓުގައި ވަގުތީގޮތުން މަސައްކަތްކުރާއިރު، އެފަނޑިޔާރެއްގެ ކޮންމެ މަހެއްގެ ހާޒިރީ ރިޕޯޓް އެފަނޑިޔާރަކު ދާއިމީ ގޮތެއްގައި މަސައްކަތްކުރާ ކޯޓަށް ފޮނުވަންވާނެއެވެ.

ހިމަނާފައިވާ ލިޔުންތައް

238_20210825.pdf