- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ސަރކިއުލަރ /
ފަނޑިޔާރުން ސިޔާސީ ކަންކަމުގައި އެއްވެސް ވަރަކަށް ބައިވެރިނުވުން
ޝަރުޢީ ދާއިރާއާމެދު ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރި ނުވުމަށް މިކޮމިޝަނުގެ ނަންބަރު 06/JSC/08/CIR ސަރކިއުލަރއިން ވާނީ އަންގާފައެވެ.
ކޮންމެ ފަނޑިޔާރަކީ ވެސް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާގެ ހުރިހައި ވަގުތެއް ތަޚްޞީޞުކުރާ މީހަކަށް ވާންވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވުމާއެކު، ފަނޑިޔާރުންނަކީ ކޮމިޓީތަކާއި ކައުންސިލްތަކާއި ކްލަބްތަކާއި ޖަމިއްޔާތަކުގައި ބައިވެރިވެ ޙަރަކާތްތެރިވެ އުޅޭބަޔަކަށް ވެގެން ނުވާނެއެވެ.
ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ފަނޑިޔާރުން ސިޔާސީ ކަންކަމުގައި މަސްއޫލުވެ އުޅޭކަމަށް ބަޔާންކޮށް އާންމުންކުރާ ޝަކުވާތައް އިތުރުވެފައިވުމާއެކު، ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށްނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށްޓަކައި، އަދި މިދާއިރާއާމެދު ރައްޔިތުންގެ އިތުބާރު ގެއްލުނަ ނުދިނުމަށްޓަކައި، ފަނޑިޔާރުން އެއްވެސް ސިޔާސީ ކަމެއްގައި އެއްވެސް މިންވަރަކަށް ބައިވެރިވުމަކީ މަނާކަމެއްކަން ހަނދާންކޮށްދެމެވެ. އަދި އެފަދަ ކަމެއްގެ ޝަކުވާ މިކޮމިޝަނަށް ލިބިއްޖެނަމަ އެމައްސަލައެއް ބަލައި، އެކަން ސާބިތުވެއްޖެ ނަމަ އެފަނޑިޔާރަކާމެދު ފިޔަވަޅު އެޅޭނެކަން އަންގަމެވެ.
އެޓޭޗްމަންޓް
237_20210825.pdf
-
ފަހުގެ ލިޔުންތައް
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން
09 August 2022
-
ފަނޑިޔާރުކަމުން ވަކިވުން
19 July 2022
-
ރައްޔިތުންގެ މަޖިލީހުން 30 ޖޫން 2022 ގައި ފާސްކޮށްފައިވާ މެޖިސްޓްރޭޓުންގެ މުސާރަޔާ އިނާޔަތްތައް
09 July 2022
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުން
07 July 2022
-
ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން
12 May 2022
-
ފަހުގެ ލިޔުންތައް
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން
09 August 2022 12:08
-
ފަނޑިޔާރުކަމުން ވަކިވުން
19 July 2022 12:07
-
ރައްޔިތުންގެ މަޖިލީހުން 30 ޖޫން 2022 ގައި ފާސްކޮށްފައިވާ މެޖިސްޓްރޭޓުންގެ މުސާރަޔާ އިނާޔަތްތައް
09 July 2022 12:07
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުން
07 July 2022 12:07