- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ސަރކިއުލަރ /
ފަނޑިޔާރުން ތަނާޒުލްވާންޖެހޭ މައްސަލަތައް
ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަޙަތާއި ތަޢާރުޒުވާކަންކަމުގައި ޢަމަލުކުރާނެ އުސޫލެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ (10/2008) 21 ވަނަ މާއްދާގެ (ނ) ގެ 4 ގައި ވާފަދައިން މިކޮމިޝަނުން ކަނޑައަޅަންޖެހޭތީ، ތިމާގެކަމުގެ ސަބަބުން ނުވަތަ އެނޫންގޮތަކުން ވެސް ފަނޑިޔާރުންނަށް ޝަރީޢަތް ނުހިންގޭނެ މީހުންކަމުގައި އަންނަނިވި ފަރާތްތައް ކަނޑައަޅައިފިއެވެ.
1. ތިމާގެކަމުގެ ސަބަބުން ޝަރީޢަތް ނުހިންގޭނެ މީހުންގެ
(ހ) ބައްފައާއި ދޮންބައްޕައިން
(ނ) މަންމައާއި، ދޮންމަންމައިން
(ނ) ދަރިންނާއި، ދޮންދަރިން
(ރ) ކާފައިންނާއި، މާމައިން
(ބ) އަނބިން
(ޅ) އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަޚުންނާއި، އުޚްތުންނާއި، އެމީހުންގެ ދަރިން.
(ކ) ދެބެންގެ ދެދަރި މީހުން
(އ) ޅީދަރިންނާއި ދަނބިދަރިން
(ވ) ބަފާކަލޭގެއާއި، މައިދައިތަ
(މ) ޅިޔަން، ފަހަރިން
2. ތިމާގެކަމުން ނޫންގޮތަކަށް ފަނޑިޔާރުންނަށް ޝަރީޢަތް ނުހިންގޭނެ ފަރާތްތައް:
(ހ) ހުށަހެޅިފައިވާ މައްސަލައަކީ، ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން އެމައްސަލައިގެ ތަޙުޤީޤުގައި ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ޝަރީޢަތުގެ މަޖިލީހުން ބޭރުގައި އެފަނޑިޔާރަކު ވަކާލާތުކޮށްދީފައިވާ މައްސަލައެއް ނުވަތަ ހެއްކެއްގެގޮތުގައި ޙާޒިރުވެފައިވާ މައްސަލައަކަށްވުން.
(ށ) ހުށަހެޅިފައިވާ މައްސަލައަކީ، އެ މައްސަލަ ބަލާ ފަނޑިޔާރަށް ނުވަތަ އެފަނޑިޔާރުގެ ޢާއިލާގެ މެމްބަރަކަށް (މިސާރކިއުލަގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް)، އެމައްސަލައަކުން މަންފާއެއް ނުވަތަ ގެއްލުމެއް ނުވަތަ އިޤްތިޞާދީ ފައިދާއެއްއޮތް މައްސަލައަކަށްވުން.
(ނ) ހުށަހެޅިފައިވާ މައްސަލައަކީ، ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ޤާނޫނީ ގޮތުން ބާރުލިބިގެންވާ މުއައްސަސާއަކަށް ނުވަތަ އިދާރާއަކަށް ހުށަހަޅާ، އެއިދާރާއަކުން ޝަކުވާއެއް ބެލުމަށް ނުވަތަ ތަޙްޤީޤްކުރުމަށް ނިންމާފައިވާ ފަރާތެއް ޝާމިލުވާ މައްސަލަކަށް ވުން.
އެޓޭޗްމަންޓް
236_20210825.pdf
-
ފަހުގެ ލިޔުންތައް
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން
09 August 2022
-
ފަނޑިޔާރުކަމުން ވަކިވުން
19 July 2022
-
ރައްޔިތުންގެ މަޖިލީހުން 30 ޖޫން 2022 ގައި ފާސްކޮށްފައިވާ މެޖިސްޓްރޭޓުންގެ މުސާރަޔާ އިނާޔަތްތައް
09 July 2022
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުން
07 July 2022
-
ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން
12 May 2022
-
ފަހުގެ ލިޔުންތައް
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން
09 August 2022 12:08
-
ފަނޑިޔާރުކަމުން ވަކިވުން
19 July 2022 12:07
-
ރައްޔިތުންގެ މަޖިލީހުން 30 ޖޫން 2022 ގައި ފާސްކޮށްފައިވާ މެޖިސްޓްރޭޓުންގެ މުސާރަޔާ އިނާޔަތްތައް
09 July 2022 12:07
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުން
07 July 2022 12:07