ސަރކިއުލަރ / ފަނޑިޔާރުންނާއި ކޯޓުތަކުން ސަލާމަތީ ކަންތައްތަކާބެހޭ

ފަނޑިޔާރުންނާއި ކޯޓުތަކުން ސަލާމަތީ ކަންތައްތަކާބެހޭ

03/03/2009

ކޯޓުތަކުގައި މަސައްކަތްކުރައްވާ ފަނޑިޔާރުންނަށް އަމާޒުވާ ހަމަލާތަށް އިތުރުވެ އެބޭފުޅުންގެ މަސައްކަތަށް ހުރަސްތައް ކުރިމަތިވަމުން ދާތީ އެބޭފުޅުންނަށް އަމާންކަމާއިއެކު މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަކީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ދަޢުލަތުގެ އިދާރާ ތަކަށާއި އެ އިދާރާތަށް ހިންގުމަށް ހަވާލުވެތިބި އެންމެހާ ފަރާތްތަކަށް ލާޒިމުކަމެކެވެ. އެގޮތުގެމަތިން ފަނޑިޔާރުންނަށާއި ކޯޓުތަކަށް އަމާންކަމާއިއެކު މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަށްޓަކައި ފުލުހުން ސަލާމަތީ ޚިދުމަތް ދޭންޖެހޭ ފަރާތްތަކާއި މުއައްސަސާތަކުގެ ތެރޭގައި ފަނޑިޔާރުންނާއި ޝަރުޢީކޯޓުތައް (ސުޕްރީމްކޯޓު ފިޔަވާ) ހިމެނެއެވެ.

މިގޮތުގެމަތިން ޢިއްޒަތްތެރިންނަށާއި މުއައްސަސާތަކަށް ސެކިއުރިޓީ ދިނުމުގައި ފުލުހުން ޢަމަލުކުރާނެ ގޮތުގެ ޤާވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯކަލް ޕޮއިންޓްގެ ގޮތުގައި ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޕެކްޓަރ ފަރުޙާދު ފިކުރީ (މޯބައިލް ފޯން
9652188) އާއި ސަބްއިންސްޕެކްޓަރ މުޙައްމަދު ޝިހާމް (މޯބައިލް ފޯން 9665335) އެވެ.

ޢިއްޒަތްތެރިންނަށާއި މުއައްސަސާތަކަށް ސެކިއުރިޓީ ދިނުމުގައި ފުލުހުން ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު ކޯޓުތަކާއި ފަނޑިޔާރުންގެ މަޢުލޫމާތަށްޓަކައި މި ސަރކިއުލާއާއިއެކު ފޮނުވީމެވެ.

ހިމަނާފައިވާ ލިޔުންތައް

233_20210825.pdf