ސަރކިއުލަރ / ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުން

ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުން

08/12/2019

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް މި ކޮމިޝަންގެ ނަންބަރު JSC-B-CB/19/515 (20 ނޮވެންބަރު 2019) ނިންމުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، 04 ޑިސެންބަރު 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 75 ވަނަ ޖަލްސާގައި އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.

ހިމަނާފައިވާ ލިޔުންތައް

231_20210825.pdf