ސަރކިއުލަރ / ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުން

ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުން

19/11/2019

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް މި ކޮމިޝަންގެ ނަންބަރު JSC-B-CB/19/490 (13 ނޮވެންބަރު 2019) ނިންމުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، 18 ނޮވެންބަރު 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 67 ވަނަ ޖަލްސާގައި އެވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 69 މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.

ހިމަނާފައިވާ ލިޔުންތައް

227_20210825.pdf