ސަރކިއުލަރ / ފަނޑިޔާރުންގެ މަޢުލޫމާތުތައް އަދާހަމަކުރުން

ފަނޑިޔާރުންގެ މަޢުލޫމާތުތައް އަދާހަމަކުރުން

17/11/2019

ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ފަނޑިޔާރުންގެ ޕަރސަނަލް ފައިލްތަކުގެ މަޢުލޫމާތުތައް އަދާހަމަކުރުމުގެ މަސައްކަތް ކުރަމުންދާތީ، މި ސަރކިއުލަރއާއެކުގައިވާ ފޯމް ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުން ފުރިހަމަކޮށް އެ ފޯމް 18 ޑިސެންބަރު 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނަށް ފޮނުއްވައި ދެއްވުމަށް ދެންނެވީމެވެ. 

އަދި ހަމައެއާއެކު ދަންނަވަމެވެ. އެއްވެސް ފަނޑިޔާރެއްގެ، ތިރީގައިއެވާ ލިސްޓުގައި ހިމެނޭ މަޢުލޫމާތެއް ބަދަލުވެއްޖެނަމަ އެ މަޢުލޫމާތު ކޮމިޝަނަށް އަންގަވަމުން ގެންދެވުމަށްވެސް ދެންނެވީމެވެ. 

1.     ދާއިމީ އެޑްރެސް

2.     ދިރިއުޅޭ އެޑްރެސް

3.     ގުޅޭ ނަންބަރު

4.     އީމެއިލް އެޑްރެސް

5.     ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް އާކުރާނަމަ އެ ކާޑުގެ ކޮޕީ ނުވަތަ ސްކޭން

ހިމަނާފައިވާ ލިޔުންތައް

224_20210825.pdf