ސަރކިއުލަރ / 2020 އޮގަސްޓް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެންނެވުން

2020 އޮގަސްޓް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެންނެވުން

08/08/2020

ކޮވިޑް-19 ބަލި މުޖުތަމައުތެރޭގައި ފެތުރެމުންދާ ރަށްރަށުގެ ކޯޓުތަކުން އެކޯޓެއްގެ ޝަރީޢަތްތަކުގެ ޝެޑިއުލް ރާވައި، ތަރުތީބުކުރުމަށްފަހު ޝަރީޢަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނޭ ގޮތަށް ކޯޓުތަކުގެ މަސައްކަތްތައް ރާވައި އިންތިޒާމްކުރުމަށް ދަންނަވަމެވެ. މިފަދައިން ޝަރީޢަތްތަކަށް ކަނޑައަޅާފައިވާ ގަޑިއަށް ފަނޑިޔާރު ކޯޓަށް ހާޒިރުވެ ނުވަތަ އޮންލައިންކޮށް ޝަރީޢަތްތައް ކުރެއްވުމަށާއި، އަދި ފަނޑިޔާރުން ކުރައްވަން ޖެހިވަޑައިގަންނަވާ އެހެނިހެން މަސައްކަތްތަކުގެ ތެރެއިން ގޭގައި ހުންނަވައިގެން ކުރެއްވެން ހުންނަ މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރައްވާގޮތަށް ހަމަޖެއްސެވުމަށް ދަންނަވަމެވެ.
މުޖްތަމައުގެ ތެރޭގައި ކޮވިޑް-19 ބަލި ފެތުރެމުންދާ ރަށްރަށުގައި ފަނޑިޔާރުން އަދި މުވައްޒަފުން ކޯޓަށް ނުކުމެ މަސައްކަތް ކުރަންޖެހޭ މަސައްކަތްތައް ފަނޑިޔާރުން ޝެޑިއުލްކުރެއްވުމުގައި، އެމަސައްކަތްތައް އެކި ދުވަހަށް ބަހާލައި، އެކި ދުވަސްތަކުގައި އެކި މުވައްޒަފުން ނުކުމެ، އެމަސައްކަތްތައް ކުރެވޭނޭ ގޮތަށް މަސައްކަތްތައް ޝެޑިއުލްކުރެވުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.
ކޮވިޑް-19 ބަލި ފެތުރެމުންނުދާ ރަށްރަށުގެ ކޯޓުތަކުގެ ޝަރީޢަތްތައް މިކޮމިޝަންގެ ސަރކިއުލަރ ނަންބަރު JSC-C/CIR/2020/19 ގޮތުގެމަތިން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.
ކޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދާއިރު ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނާއި އަދި ކޯޓުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތަކުންވެސް ސަމާލުކަން ދިނުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކޮވިޑް-19 ބަލި ކޮންޓްރޯލްކުރަން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް މަސައްކަތްތަކާއި ޢަމަލުތައް ބައްޓަންކުރުމަކީ މި ކޮމިޝަނުގެ އިލްތިމާސްއެކެވެ.

 

ހިމަނާފައިވާ ލިޔުންތައް

218_20210825.pdf