ސަރކިއުލަރ / ފަނޑިޔާރުކަމުން ވަކިކުރުން

ފަނޑިޔާރުކަމުން ވަކިކުރުން

02/12/2020

 

1. ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ހުށަހެޅުމަށް މި ކޮމިޝަންގެ ނަންބަރު JSC-B-CB/20/457 (15 ނޮވެންބަރު 2020) ނިންމުމުން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، 30 ނޮވެމްބަރު 2020 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 24 ވަނަ ޖަލްސާއިން ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ފާސްކުރުމުން، އެ ދުވަހުން ފެށިގެން އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.

2. ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ހުށަހެޅުމަށް މި ކޮމިޝަންގެ ނަންބަރު JSC-B-CB/20/456 (9 ނޮވެމްބަރު 2020) ނިންމުމުން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން 30 ނޮވެމްބަރު 2020 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 24 ވަނަ ޖަލްސާއިން އަލްއުސްތާޛު ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ފާސްކުރުމުން، އެ ދުވަހުން ފެށިގެން އަލްއުސްތާޛު ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.

ހިމަނާފައިވާ ލިޔުންތައް

209_20210825.pdf