ސަރކިއުލަރ / ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފަނޑިޔާރުންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެންނެވުން

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފަނޑިޔާރުންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެންނެވުން

08/04/2020

 

ކޮވިޑް 19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯޓުތަކުގެ މަސައްކަތްކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ސުޕީރިއާ ކޯޓުތަކުންނާއި އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުން މިހާރު އެކުލަވާލާފައިވާތީ، އެ އުސޫލުތަކާއި އެއްގޮތަށް، އެ ކޯޓުތަކުގެ ފަނޑިޔާރުން މަސައްކަތް ކުރެއްވުމަށް ދެންނެވުމަށް، މިއަދު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 27 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، އެ ކޯޓުތަކުގެ ފަނޑިޔާރުންގެ އެފަނޑިޔާރކު މަސައްކަތްކުރެއްވުމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ދެންނެވީމެވެ.

އަދި މިހާލަތުގައި ފަނޑިޔާރުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާނެ އެއްމެހައި ވަސީލަތްތަކާއި އެހީތެރިކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޯރުކޮށްދިނުމަށް އެ ޑިޕާޓްމަންޓުގައި ދަންނަވާފައިވާނެއެވެ.

މި ހާލަތުގައި ކޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދާއިރު ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނާއި އަދި ކޯޓުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތަކުންވެސް ސަމާލުކަން ދިނުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ޢާންމު ސާފުތާހިރުކަން ބަހައްޓަން އިރުޝާދު ދެމުންދާ ގޮތްތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަކީ ވެސް މި ކޮމިޝަނުގެ އިލްތިމާސްއެކެވެ.

ހިމަނާފައިވާ ލިޔުންތައް

186_20210825.pdf