ސަރކިއުލަރ / ތިލަދުންމަތީ ދެކުނުބުރި، މިލަދުންމަޑުލު ދެކުނުބުރި އަދި މާޅޮސްމަޑުލު އުތުރުބުރީގެ ޖުޑީޝަލް ދާއިރާއަށް ދާއިރާ އިސް މެޖިސްޓްރޭޓުން ހަމަޖެއްސުން

ތިލަދުންމަތީ ދެކުނުބުރި، މިލަދުންމަޑުލު ދެކުނުބުރި އަދި މާޅޮސްމަޑުލު އުތުރުބުރީގެ ޖުޑީޝަލް ދާއިރާއަށް ދާއިރާ އިސް މެޖިސްޓްރޭޓުން ހަމަޖެއްސުން

23/08/2016

ިލަދުންމަތީ ދެކުނުބުރި، މިލަދުންމަޑުލު ދެކުނުބުރި އަދި މާޅޮސްމަޑުލު އުތުރުބުރީގެ ދާއިރާ އިސްމެޖިސްޓްރޭޓުކަމަށް ތިރީގައިވާ ބޭފުޅުން 28 ޖޫން 2016 ވަނަ ދުވަހުން ފެށިގެން ހަމަޖައްސަވައިފިއެވެ.

 

1.     ތިލަދުންމަތީ ދެކުނުބުރި ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސް މެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވި ތިލަދުންމަތީ ދެކުނުބުރި ވައިކަރަދޫ ގްރީންވިލާ، އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ތިލަދުންމަތީ ދެކުނުބުރި ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓްކަމަށް.

 

2.     މިލަދުންމަޑުލު ދެކުނުބުރި މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވި މިލަދުންމަޑުލު ދެކުނުބުރި މަނަދޫ ގަސްކަރަ، އަލްއުސްތާޛު ޙުސްނީ މުބާރިކް، މިލަދުންމަޑުލު ދެކުނުބުރި ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް  މެޖިސްޓްރޭޓްކަމަށް.

 

3.     މާޅޮސްމަޑުލު އުތުރުބުރި އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވި މާޅޮސްމަޑުލު ކަނދޮޅުދޫ މާވަހަރުގެ، އަލްއުސްތާޛު މުޙައްމަދު ޞާދިޤު، މާޅޮސްމަޑުލު އުތުރުބުރި ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް  މެޖިސްޓްރޭޓްކަމަށް.

ހިމަނާފައިވާ ލިޔުންތައް

151_20210823.pdf