ސަރކިއުލަރ / ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން އަދި އެހެން ކޯޓަކަށް ފަނޑިޔާރަކު ބަދަލުކުރުން

ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން އަދި އެހެން ކޯޓަކަށް ފަނޑިޔާރަކު ބަދަލުކުރުން

23/08/2016

1.    ަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން

"ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި  ޢަމަލުކުރާނެ  ގޮތުގެ  ޤަވާއިދު" ގެ ދަށުން ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވި ހައްދުންމަތި ފޮނަދޫ ފިނިހިޔާގެ، އަލްފާޟިލް ޢަބަދުއްލަޠީފް ޢަލީ، 21 ނޮވެމްބަރ 2016 ވަނަ ދުވަހު ބޭއްވެވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2016/68 ވަނަ ބައްދަލުވުމުގެ ނަންބަރު JSC-B-CB/16/130 ނިންމުމުން ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުމަށް ނިންމަވާފައިވާތީ 14 ޑިސެމްބަރ 2016 ގައި ވަނީ މަޤާމުން މުސްކުޅިކުރައްވާފައެވެ.

 

2.    މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި ހުވަދުއަތޮޅު ދެކުނުބުރި ފަރެސްމާތޮޑާ ނާރެސް ފަރެސްއަވަށް، އަލްފާޟިލް ޖިނާން އިބްރާހީމް ލަޠީފް، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަށް ބަދަލުކުރެއްވުން

 

މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ހުވަދުއަތޮޅު ދެކުނުބުރި ފަރެސްމާތޮޑާ ނާރެސް ފަރެސްއަވަށް، އަލްފާޟިލް ޖިނާން އިބްރާހީމް ލަޠީފް، މާލެއަތޮޅު މާފުށީ ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރެއްވުމަށް 21 ނޮވެމްބަރ  2016 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބައްދަލުވުމުން ނިންމަވައި، އެ ނިންމި ނިންމުމުގެ ދަށުން ހުވަދުއަތޮޅު ދެކުނުބުރި ފަރެސްމާތޮޑާ ނާރެސް ފަރެސްއަވަށް، އަލްފާޟިލް ޖިނާން އިބްރާހީމް ލަޠީފް،  14 ޑިސެމްބަރ 2016 ވަނަ ދުވަހުން ފެށިގެން މާލެއަތޮޅު މާފުށީ ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރައްވާފައިވެއެވެ.

ހިމަނާފައިވާ ލިޔުންތައް

145_20210823.pdf