ސަރކިއުލަރ / ކްރިމިނަލް ކޯޓް، ސިވިލް ކޯޓް އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުން

ކްރިމިނަލް ކޯޓް، ސިވިލް ކޯޓް އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުން

21/01/2020

 

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި އަދި ދެ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރާ ބޭފުޅުން 21 ޖަނަވަރީ 2020 ގައި މަޤާމުގެ ހުވައިކުރައްވައި އަދި އެ މަޤާމުގެ ފަތްކޮޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އަރުވާފައެވެ. އެ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ޢައްޔަކުރެއްވި ބޭފުޅުން ތިރީގައި އެވަނީއެވެ.

1-      ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް ޅ. ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދު

2-      ސިވިލް ކޯޓުގެ ޤާޟީ ކަމަށް ތ. ވިލުފުށި، ބަސަރާ، އަލްއުސްތާޛު އަޙްމަދު ޢަބްދުލްމަތީން

3-      ސިވިލް ކޯޓުގެ ޤާޟީ ކަމަށް މާލެ، މއ. ޕެންޒީވިލާ، އަލްއުސްތާޛާ ޢާއިޝަތު ޢަޒްފާ ޢަބްދުލްޣަފޫރު

4-      ސިވިލް ކޯޓުގެ ޤާޟީ ކަމަށް ސ. މީދޫ، ހަސަންކާރީގެ، އަލްއުސްތާޛު ފައްޔާޟު ޝާޠިރު

5-      ސިވިލް ކޯޓުގެ ޤާޟީ ކަމަށް ދ. ކުޑަހުވަދޫ، ވައިލެޓްގެ، އަލްއުސްތާޛާ ރިޒްމީނާ

6-      ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމަށް، ތ. ކިނބިދޫ، ނަޞްރުއްސަބާ، އަލްއުސްތާޛު އަބްދުﷲ ޙުސައިން

7-      ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމަށް، ލ. މާވަށް، ނަލަމަލަ، އަލްއުސްތާޛު ފަތުޙުﷲ ޖަމީލް މޫސާ

ހިމަނާފައިވާ ލިޔުންތައް

137_20210823.pdf