- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ސަރކިއުލަރ /
ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި ޚާއްޞަ ޗުއްޓީ ހަމަޖައްސައިދެވޭނެ އުސޫލުތައް
މިކޮމިޝަނުގެ ނަންބަރު 19/2020/CIR/C-JSC ސަރކިއުލާއާ ހަވާލާދީ ދަންނަވަމެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އައިސޮލޭޝަން އަދި ކަރަންޓީން ކުރުމުގެ ބައެއް އުސޫލުތަކަށް ބަދަލުގެނެސްފައިވާތީ، ހާއްސަ ޗުއްޓީއަށް އެދުމުގައި އަމަލުކުރައްވާނީ ތިރީގައިމިވާ ގޮތަށެވެ.
1 .ފަނޑިޔާރަކު ކޮވިޑް -19 ބައްޔަށް ފައްސިވެ، އައިސޮލޭޝަންގައި ހުންނަވަންޖެހިއްޖެނަމަ ނުވަތަ ބައްޔަށް ހުށަހެޅި ކަރަންޓީންވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ފަނޑިޔާރުގެ ނަން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި މަސައްކަތްކުރައްވާ ކޯޓު، ކަރަންޓީން/އައިސޮލޭޝަންއަށް ދިޔަ ސަބަބު ބަޔާންކޮށް މިކޮމިޝަނުގެ mv.gov.jsc@admin އީ-މެއިލްއަށް ފޮނުވާ ސިޓީއަކުން ނުވަތަ އީ-މެއިލަކުން އެކަން މި ކޮމިޝަނަށް އަންގަންވާނެއެވެ.
2 .ކޮވިޑް -19 ބައްޔަށް ފައްސިވެ، އައިސޮލޭޝަންގައި ހުންނަން ޖެހުމާ ގުޅިގެން ޚާއްސަ ޗުއްޓީ ހަމަޖެއްސުމަށްޓަކައި، އެ ފަނޑިޔާރަކު އައިސޮލޭޓްކުރި މުއްދަތު އެނގޭނެ، ކަމާބެހޭ މުޢައްސަސާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ އެކަން އަންގަވައި ފޮނުވާފައިވާ މެސެޖްގެ ސްކްރީން ޝޮޓެއް ނުވަތަ އެފަދަ ލިޔުމެއް މިކޮމިޝަނަށް ހުށަހެޅުމުން ކޮވިޑް -19 ބައްޔަށް ފައްސިވި ތާރީޚުން ފެށިގެން 14 ދުވަހުގެ ޚާއްސަ ޗުއްޓީ ހަމަޖައްސައިދެވޭނެއެވެ.
3 .ޑައިރެކްޓް ކޮންޓެކްޓްއަކަށް ވެގެން، ނުވަތަ ދިރިއުޅުއްވާ ގޭގައި ކޮވިޑް-19 ބައްޔަށް ފައްސިވި މީހަކު އައިސޮލޭޓްކުރުމުން ކަރަންޓީންގައި ހުންނަން ޖެހުމާ ގުޅިގެން، ޚާއްސަ ޗުއްޓީ ހަމަޖެއްސުމަށްޓަކައި، އެ ފަނޑިޔާރަކު ޑައިރެކްޓް ކޮންޓެ ކްޓް ވެފައިވަނީ ކޮން ފަރާތަކާކަމާއި އަދި ކަރަންޓީން ވި ތާރީޚް ބަޔާންކޮށް އެކަން މިކޮމިޝަނަށް އަންގަވަންވާނެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ނިމުމުން ނެގޭ ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާއާ ނުވަތަ ކަ ރަންޓީނުން ވީއްލި ތާރީޚް އެނގޭނެ ލިޔުމެއް މި ކޮމިޝަނަށް ހުށަހެޅުމުން ކަރަންޓީން ކުރެވުނު ތާރީޚުން ފެށިގެން ކަރަންޓީނުން ވީއްލި ތާރީޚް ނުވަތަ ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާ ލިބުނު ތާރީޚާ ހަމައަށް ޚާއްސަ ޗުއްޓީ ހަމަޖައްސައިދެވޭނެއެވެ.
އެޓޭޗްމަންޓް
135_20210823.pdf
-
ފަހުގެ ލިޔުންތައް
-
ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން
12 May 2022
-
ކޯޓުތަކުގައި ހިނގަމުންދާ ޝަރީޢަތުގެ މަޖިލިސްތަކުގެ އޯޑިއޯ އަދި ވީޑިއޯ ރިކޯޑިންގތައް އާކައިވް ކުރުމާގުޅޭ
20 April 2022
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން
15 March 2022
-
މި ކޮމިޝަނުގެ ނަންބަރު JSC-C/CIR/2017/03 (24 މެއި 2017) ސަރކިއުލަރގައި ބަޔާން ކުރާ ދަތުރު ޚަރަދު އަދި ކެއުމުގެ ޚަރަދު ހަމަޖެއްސުމާ ގުޅޭ
06 March 2022
-
ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި ޚާއްޞަ ޗުއްޓީ ހަމަޖައްސައިދެވޭނެ އުސޫލުތައް
27 January 2022
-
ފަހުގެ ލިޔުންތައް
-
ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން
12 May 2022 12:05
-
ކޯޓުތަކުގައި ހިނގަމުންދާ ޝަރީޢަތުގެ މަޖިލިސްތަކުގެ އޯޑިއޯ އަދި ވީޑިއޯ ރިކޯޑިންގތައް އާކައިވް ކުރުމާގުޅޭ
20 April 2022 12:04
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން
15 March 2022 12:03
-
މި ކޮމިޝަނުގެ ނަންބަރު JSC-C/CIR/2017/03 (24 މެއި 2017) ސަރކިއުލަރގައި ބަޔާން ކުރާ ދަތުރު ޚަރަދު އަދި ކެއުމުގެ ޚަރަދު ހަމަޖެއްސުމާ ގުޅޭ
06 March 2022 12:03