ސަރކިއުލަރ / ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން

ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން

23/08/2017

"ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި  ޢަމަލުކުރާނެ  ގޮތުގެ  ޤަވާއިދު" ގެ ދަށުން މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވި މާލެ، ގ. ހިޔާ، އަލްފާޟިލް ޝާމް ޢަލީ މުޙައްމަދު، 16 އޮގަސްޓު 2017 ވަނަ ދުވަހު ބޭއްވެވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2017/58 ވަނަ ބައްދަލުވުމުގެ ނަންބަރު JSC-B-CB/17/95 ނިންމުމުން ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުމަށް ނިންމަވާފައިވާތީ 09 އޮގަސްޓް 2017 ގައި ވަނީ މަޤާމުން މުސްކުޅިކުރައްވާފައެވެ.