ސަރކިއުލަރ / ފަނޑިޔާރުންގެ މަޤާމާއި ކޯޓު ބަދަލުވުން

ފަނޑިޔާރުންގެ މަޤާމާއި ކޯޓު ބަދަލުވުން

23/08/2018

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ހުށަހެޅުމަކަށް ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ ދަށުން ތިރީގައި މި ދަންނަވާ ފަނޑިޔާރުން ވަޒީފާ އަދާކުރައްވާ ކޯޓާއި އަދި ބައެއް ފަނޑިޔާރުންގެ މަޤާމު ބަދަލު ބަދަލުކުރެއްވުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

1.     ނިލަންދެއަތޮޅު އުތުރުބުރި ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި ނިލަންދެއަތޮޅު އުތުރުބުރި މަގޫދޫ ރަތްވިލާގެ، އަލްފާޟިލް ޢަބްދުއްސައްތާރު ސުލައިމާން، 12 އޯގަސްޓް 2018 އިން ފެށިގެން ނިލަންދެއަތޮޅު އުތުރުބުރި މަގޫދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް

 

2.     ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގައި ހުންނެވި މ. އަފްޒާ، މާލެ އަލްއުސްތާޛު މުޙްތާޒް ފަހްމީ، 12 އޯގަސްޓް 2018 އިން ފެށިގެން ޑްރަގް ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް

 

3.     ތިލަދުންމަތީ ދެކުނުބުރި ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގައި ހުންނެވި ތިލަދުންމަތީ ދެކުނުބުރި ނޮޅިވަރަންފަރު އެލަސްކާ، އަލްއުސްތާޛު އިބްރާހީމް ޝާހިދު، 27 އޯގަސްޓް 2018 އިން ފެށިގެން ތިލަދުންމަތީ ދެކުނުބުރި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމަށް

 

ހިމަނާފައިވާ ލިޔުންތައް

117_20210823.pdf