ސަރކިއުލަރ / ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓް އަދި ޖުވެނައިލް ކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން ޢައްޔަންކުރެއްވުން

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓް އަދި ޖުވެނައިލް ކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން ޢައްޔަންކުރެއްވުން

23/08/2018

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓް އަދި ޖުވެނައިލް ކޯޓުގެ އިސް ޤާޟީކަމަށް ތިރީގައިވާ ބޭފުޅުން 28 މެއި 2018 ވަނަ ދުވަހުން ފެށިގެން ހަމަޖައްސަވައިފިއެވެ.

 

1.     ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި ސ. ހިތަދޫ އޯޝަންލީޑް، އަލްއުސްތާޛު އަޙްމަދު ހައިލަމް އެ ކޯޓުގެ އިސް ޤާޟީކަމުގެ މަގާމަށް.

 

2.     ޑްރަގް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި ދ. މާއެނބޫދޫ މޫރިތި، އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު އެ ކޯޓުގެ އިސް ޤާޟީކަމުގެ މަގާމަށް.

 

3.     ޖުވެނައިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި ޏ. ފުވައްމުލައް ދިގުވާނޑު، މުނިޔާގެ، އަލްއުސްތާޛު ސަޢީދު އިބްރާހިމް އެ ކޯޓުގެ އިސް ޤާޟީކަމުގެ މަގާމަށް.

ހިމަނާފައިވާ ލިޔުންތައް

116_20210823.pdf