ސަރކިއުލަރ / ބައެއް ފަނޑިޔާރުންގެ މަޤާމާއި ކޯޓު ބަދަލުވުން

ބައެއް ފަނޑިޔާރުންގެ މަޤާމާއި ކޯޓު ބަދަލުވުން

23/08/2018

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ހުށަހެޅުމަކަށް ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ ދަށުން ތިރީގައި މި ދަންނަވާ 5 ފަނޑިޔާރުން 23 މޭ 2018 އިން ފެށިގެން ވަޒީފާ އަދާކުރައްވާ ކޯޓާއި އަދި ބައެއް ފަނޑިޔާރުންގެ މަޤާމު ބަދަލު ކުރުން

1.     މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި ހދ. ނޭކުރެންދޫ، ގުލާބީގެ އަލްއުސްތާޛު ޙުސައިން ޢާމިރު މ. މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމަށް

 

2.     ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި ބ. ހިތާދޫ، ރަނައުރާގެ އަލްއުސްތާޛާ އުއްމުކުލްޡޫމް އަބޫބަކުރު ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމަށް

 

3.     ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި ސ. ފޭދޫ، އަބްލަޣީވާދީ އަލްއުސްތާޛު ޙުސައިން ރަޝީދު ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމަށް

 

4.     ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި ކ. މާލެ، މއ. ވެލަބުލިގޭ އަލްފާޟިލް އިބްރާހީމް މަޢުމޫރު އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް

 

5.     އދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި ކ. ގުޅި، ޑޭލައިޓް އަލްއުސްތާޛު މުޙައްމަދު ޢާމިރު އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް

ހިމަނާފައިވާ ލިޔުންތައް

115_20210823.pdf