ސަރކިއުލަރ / ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން

ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން

23/08/2018

"ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި  ޢަމަލުކުރާނެ  ގޮތުގެ  ޤަވާއިދު" ގެ ދަށުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވި ރުފައިދާމަންޒިލް، ސ. ހިތަދޫ، އަލްއުސްތާޛު ޢަބްދުﷲ ފާރޫޤު އިބްރާހީމް، 24 ޖަނަވަރީ 2018 ވަނަ ދުވަހު ބޭއްވެވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2018/04 ވަނަ ބައްދަލުވުމުގެ ނަންބަރު JSC-B-CB/18/09  ނިންމުމުން ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުމަށް ނިންމަވާފައިވާތީ 12 ފެބްރުއަރީ 2018 ގައި ވަނީ މަޤާމުން މުސްކުޅިކުރައްވާފައެވެ.

ހިމަނާފައިވާ ލިޔުންތައް

112_20210823.pdf