ސަރކިއުލަރ / ފަނޑިޔާރުންނަށް ޗުއްޓީ ހަމަޖައްސައިދިނުމާގުޅޭ

ފަނޑިޔާރުންނަށް ޗުއްޓީ ހަމަޖައްސައިދިނުމާގުޅޭ

22/02/2024

"ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު" ގެ 18 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ޗުއްޓީއަށް ހުއްދަދިނުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާއިރު ތިރީގައި ބަޔާންކުރާ މަޢުލޫމާތާއެކު ހުށަހެޅުމަށް ދަންނަވަމެވެ.

1.     ފަނޑިޔާރު ޗުއްޓީއަށް އެދި ހުށަހެޅިކަން އެނގޭނެ ލިޔުން.

2.     ފަނޑިޔާރު ޗުއްޓީ ޕްލޭން ހުށަހަޅާފައިވާކަން ނުވަތަ ނޫންކަން.

3.     ފަނޑިޔާރު ޗުއްޓީއަށް އެދިފައިވަނީ ޗުއްޓީ ޕްލޭންއާ އެއްގޮތަށްކަން ނުވަތަ ނޫންކަން.

4.     ފަނޑިޔާރު އެދިލައްވާފައިވާ ޗުއްޓީ ދެވެން އޮތްކަން ނުވަތަ ނޫންކަން

5.     ފަނޑިޔާރުގެ ޗުއްޓީގެ ބާކީހުރި ދުވަސްތަކުގެ އަދަދު

6.     ފަނޑިޔާރު އެދިލައްވާފައިވާ ޗުއްޓީ ހަމަޖެހިއްޖެނަމަ، އެމުއްދަތުގައި އެ ޖުޑީޝަލް ދާއިރާއާ ނުވަތަ ކޯޓާ ޙަވާލުވާނެ ފަނޑިޔާރެއްގެ މަޢުލޫމާތު

ހިމަނާފައިވާ ލިޔުންތައް

2024-02-18_CIR_02_IsfandiyaarungeChuttee.pdf