ސަރކިއުލަރ / ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމާ ގުޅޭ

ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމާ ގުޅޭ

10/01/2024

24 ޑިސެންބަރު 2020 ގައި އާއްމުކުރެވިފައިވާ "ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ޤަވާއިދު" ގައިވާ ގޮތަށް ކޮންމެ އަހަރަކު އެއް ފަހަރު މި ކޮމިޝަނަށް ހުށަހަޅުއްވަންޖެހިވަޑައިގަންނަވާ މާލީ ބަޔާން، ކޮންމެ މީލާދީ އަހަރެއް ނިމުމުން ޖެހިގެން އަންނަ އަހަރުގެ ފެބްރުވަރީ މަހުގެ އެންމެ ފަހު ދުވަހުގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މާލީ ބަޔާން ފޯމު މި ކޮމިޝަންގެ ވެބްސައިޓްwww.jsc.gov.mv  އިން ޑައުންލޯޑް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

 

2023 ވަނަ އަހަރު އައްޔަނު ކުރެވުނު ފަނޑިޔާރުން ހުށަހަޅުއްވާނީ އައްޔަނު ކުރެވުނު ތާރީޚުން ފެށިގެން 31 ޑިސެންބަރު 2023 ގެ ނިޔަލަށެވެ. 

ހިމަނާފައިވާ ލިޔުންތައް

2024-01-08_CIR_01_MaalyBayaan.pdf