ސަރކިއުލަރ / ފަނޑިޔާރުންނާ މުޚާތަބުކުރުން

ފަނޑިޔާރުންނާ މުޚާތަބުކުރުން

19/11/2023

ފަނޑިޔާރުންނަކީ ފަނޑިޔާރުންގެ ޤާނޫނުގެ 3ވަނަ މާއްދާގެ (ހ)ގައިވާ ފަދައިން، ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައިވާ ގޮތުގެމަތިން އުފައްދާ ދަށު ކޯޓުތަކުގައި ފަނޑިޔާރުގެ މަޤާމު ޙަވާލުކުރެވޭ މީހުންނެވެ. 

ނަމަވެސް، ފަނޑިޔާރުކަމުގެ މަޤާމުގެ ނަން އެކި އެކި ކޯޓުތަކަށް ޚާއްސަ ކުރުމުގައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ބޭނުން ކުރާނީ ތިރީގައިމިވާ ގޮތަށެވެ. 

މަޤާމް
ދިވެހި
އިނގިރޭސި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން
އުއްތަމަ ފަނޑިޔާރު
Chief Justice of the Maldives
ފަނޑިޔާރު
Justice
ހައި ކޯޓުގެ ފަނޑިޔާރުން
ހައި ކޯޓުގެ އިސް ފަނޑިޔާރު
Chief Judge of High Court
ފަނޑިޔާރު
Judge
ދަށު ކޯޓުތަކުގެ ތެރެއިން ސުޕީރިއާ ކޯޓު
އިސް ޤާޟީ
Chief Judge
ޤާޟީ
Judge
ދަށު ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތައް
ދާއިރާ އިސްމެޖިސްޓްރޭޓް
Chief Magistrate
އިސް މެޖިސްޓްރޭޓް
Magistrate
މެޖިސްޓްރޭޓް
 

ހިމަނާފައިވާ ލިޔުންތައް

2023-11-05_CIR_21_FandiyaarunnaMuhaathabukurun.pdf