ޚަބަރު / ސިވިލް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމުން
ސިވިލް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމުން
ދިވެހިރާއްޖޭގެ ސިވިލްކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު ILU)195-C/195/2023/41) (05 އޮކްޓޫބަރު 2023) އިޢުލާނުގެ ދަށުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ގއ.ގެމަނަފުށި، އޯކިޑުމާގެ، އަލްއުސްތާޛު އާދަމް ޛާލިފް، ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ޢައްޔަންކުރުމަށް 2023 ނޮވެންބަރު 8 ދުވަހު ބޭއްވުނު މިކޮމިޝަންގެ 71 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އަލްއުސްތާޛު އާދަމް ޛާލިފް އަކީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ އާއި މާސްޓަރ އޮފް ޝަރީޢާ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ޝަރުޢީ ދާއިރާގައި 07 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު ޓްރައިބިއުނަލްގެ މެންބަރުކަން އަދާކުރައްވާ، ވަކާލާތުކުރައްވާ އަދި ޏ.ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓްގެ މަޤާމް އަދާކުރައްވާފައިވެއެވެ. އަލްއުސްތާޛު އާދަމް ޛާލިފް ފަނޑިޔާރުކަމަށް ޢައްޔަންކުރަން ނިންމެވިއިރު އޭ.އެންޑް ޒެޑް އެސޯސިއޭޓްސް އެލް.އެލް.ޕީގެ މެނޭޖިންގ ޕާޓްނަރގެ މަޤާމް އައީ އަދާ ކުރައްވަމުންނެވެ.
ހިމަނާފައިވާ ލިޔުންތައް
2023-11-09_PR_Civil Court Zalif.pdf-
ފަހުގެ ލިޔުންތައް
-
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުން
06 December 2023
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް ހުރި މަޤާމަށްވުރެ ދަރަޖަ ދަށް ކުރުމަށް ނިންމުން
20 November 2023
-
ހދ.ޖުޑީޝަލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާޢީލްއާ ހަވާލުކުރުން
20 November 2023
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމުން
16 November 2023
-
މެޖިސްޓްރޭޓްކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
09 November 2023
-
ފަހުގެ ލިޔުންތައް
-
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުން
06 December 2023 12:12
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް ހުރި މަޤާމަށްވުރެ ދަރަޖަ ދަށް ކުރުމަށް ނިންމުން
20 November 2023 12:11
-
ހދ.ޖުޑީޝަލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާޢީލްއާ ހަވާލުކުރުން
20 November 2023 12:11
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމުން
16 November 2023 12:11