ޚަބަރު

ސިވިލް ކޯޓަށް 02 ފަނޑިޔާރުން ޢައްޔަންކުރުން

06/03/2022

ސިވިލް ކޯޓަށް 02 ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ...

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަހްމަދުގެ މައްސަލައެއް ބެލުމަށް ނިންމުން

03/03/2022

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް މި...

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމާ ގުޅޭ

20/02/2022

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ވާތީ އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 04 އޮކްޓޯބަރު 2020 ވަނަ ދުވަހު މި ކޮމިޝަނުން ނިންމާފައިވެއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން މި ކޮމިޝަނަށް ފާހަގަވި ކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ...

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުގެ ސަސްޕެންޝަން އުވާލުމަށް ނިންމުން

26/12/2021

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑިޕާރޓްމަންޓުން ހަދައި، އެ އޯޑިއޯތަކުގައި ވާ އަޑުތަކުގެ ތެރެއިން އެއް އޯޑިއޯ ކްރިމިނަލް ކޯޓުގެ ޤާޟީ...

އދ.ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އާމިރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

23/12/2021

 އދ.މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިޔުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އެ ޤަޟިއްޔާގެ ޝަރީޢަތް ހިންގުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ބަދަލުގައި، ކުރިން ކުރެވިފައިވާ ތަޖުރިބާތަކެއްގެ ސަބަބުން ވަކި ޙާލަތެއް...

ސިވިލް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް އިބްރާހީމް އިސްމާޢީލްގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން

20/12/2021

ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލަ، ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހީމް އިސްމާޢީލްގެ ސުލޫކީ މައްސަލައެއް ގޮތުގައި ތަޙްޤީޤުކުރުމަށް 2021 ޑިސެމްބަރ 13 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 97 ވަނަ ޖަލްސާއިން ނިންމައި، މި މައްސަލަ ތަޙްޤީޤް ކުރުމަށް...

ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ހިލާފަށް ދޫކުރަން ނިންމި ފައިސާގެ މައްސަލައާ ގުޅޭ

15/12/2021

ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ހިލާފަށް ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރަން ނިންމި ފައިސާގެ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާ ހިލާފަށް ފައިސާތަކެއް ދޫކުރިކަމަށް ބުނާ މައްސަލައެއް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މި...

ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ޝަފީޤުގެ ސުލޫކީ މައްސަލަ ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް ނިންމުން

12/12/2021

ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަފީޤު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވެފައިވާކަމަށް ބުނާ 2 ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރިއިރު، ދ.މީދޫ ކޯޓުން ލިބިފައިވާ ލިޔުންތަކާއި އިސްމެޖިސްޓްރޭޓް ޢަލީ ޝަފީޤުގެ ސިއްޙީ ހާލަތު ބަޔާންކޮށް މި ކޮމިޝަނަށް ހުށަހެޅި ލިޔުންތަކަށް ރިޢާޔަތްކޮށް މި...

ފަނޑިޔާރުންގެ ޕަރފޯމަނސް އިވަލުއޭޝަންގެ ޕައިލެޓް މަސައްކަތް އަމަލީގޮތުން ފެށުން

07/12/2021

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން ޕައިލެޓް ޕްރޮޖެކްޓެއް ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ޖުޑީޝަލް ސަރވިސް ކޮމިޝަނުން 2021 ނޮވެންބަރު 30 ވަނަ ދުވަހުވަނީ ފަށާފައެވެ. މި މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ވޭތުވެދިޔަ ދެ އަހަރުދުވަހު ގިނަގުނަ މަސައްކަތްތަކެއް ބޭރުގެ ތަޖުރިބާކާރެއް...

ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިސްމާޢީލް މާހިރުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން

24/11/2021

ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިސްމާޢީލް މާހިރު ފަނޑިޔާރުންގެ ޤާނޫނާއި ޙިލާފަށް މަސްލަހަތު އޮތްކަން ހާމަނުކުރައްވައި އަމިއްލަ ވިޔަފާރި ކުރައްވަމުންދާކަމަށް ބުނާ މައްސަލައެއް ތަޙްޤީޤުކުރުމަށް ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާތީ، 2021 ނޮވެމްބަރ 17 ވަނަ...

ފެމިލީ ކޯޓަށް 02 ފަނޑިޔާރުން ޢައްޔަންކުރުން

24/11/2021

ފެމިލީ ކޯޓަށް 02 ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، ނަޝީދީހިޔާ، އއ. ފެރިދޫ، އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރު އަދި މ.ވިލުފުށީގެ، ކ.މާލެ...

އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރު ހުންނެވި ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމު ހުސްވުން

24/11/2021

ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރުއާ ގުޅޭގޮތުން ކޮމިޝަނުގެ ސަމާލުކަމަށް ގެނެވުނު މައްސަލައެއް ބެލިބެލުމުން، ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރުގެ ސާބިތު ދަރަންޏެއް ޙުކުމާ އެއްގޮތަށް އަދާކޮށްފައިނުވާކަން އެނގެން...

Page 7 of 41