- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހިންގާ ޤަވާއިދު ފާސްކޮށް، 2011 މެއި 01 ވަނަ ދުވަހުން ފެށިގެން އެޤަވާއިދަށް ޢަމަލުކުރަން ފެށުމަށް ކޮމިޝަނުން ނިންމައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހިންގާ ޤަވާއިދު ފާސްކޮށް، 2011 މެއި 01 ވަނަ ދުވަހުން ފެށިގެން އެޤަވާއިދަށް ޢަމަލުކުރަން ފެށުމަށް ކޮމިޝަނުން ނިންމައިފިއެވެ. މިކަމަށްޓަކައި 24 އޭޕްރީލް 2011 ވަނަ ދުވަހުގެރޭ ބޭއްވުނު ކޮމިޝަންގެ ޖަލްސާއިން މިގޮތަށް ނިންމީ ކޮމިޝަންގެ ހިންގާ ޤަވާއިދަށް މެމްބަރު ހުށަހަޅުއްވާފައިވާ އިޞްލާޙުތަކަށް އެކި...
އދ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ހަމަޖައްސަވައިވާ އަލްއުސްތާޛު ޝުޖާޢު އުޘްމާން މަޤާމުގެ ހުވާކުރައްވައި ފަތްކޮޅު ދެއްވައިފި
އދ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް 3 އެޕްރީލް 2011 ވަނަ ދުވަހު ހަމަޖައްސަވާފައިވާ، ގއ. ވިލިނގިލީ ހިލިހިލާއާގޭ އަލްއުސްތާޛު ޝުޖާޢު އުޘްމާން، މަޤާމުގެ ހުވާކުރައްވައި ފަތްކޮޅު ދެއްވުން މިއަދު ބާއްވައިފިއެވެ. މިކަމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިއަދު(7 އެޕްރީލް 2011 ) ބޭއްވުނު ރަސްމިއްޔާތުގައި އދ....
މެޖިސްޓްރޭޓް އަލްއުސްތާޛު ޝުޖާޢު އުޘްމާން އދ. އަތޮޅުގެ ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ހަމަޖެއްސުމަށާއި ކްރިމިނަލްކޯޓުގެ ގާޟީ އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ސިވިލްކޯޓަށް ބަދަލުވުމަށް ކޮމިޝަނުން ނިންމައިފި
ގއ. ވިލިނގިލީ ހިލިހިލާއާގޭ އަލްއުސްތާޛު ޝުޖާޢު އުޘްމާން އދ. އަތޮޅުގެ ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ހަމަޖެއްސުމަށް ކޮމިޝަނުން ނިންމަވައިފިއެވެ. މިގޮތަށް ކޮމިޝަނުން ނިންމެވީ 3 އެޕްރީލް 2011 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ ޖަލްސާއަށް އަލްއުސްތާޛު ޝުޖާޢު އުޘްމާންގެ ވަޒީފާއާގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލާގައި،...
ހައިކޯޓުގެ އިސްފަނޑިޔާރަކު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ކޮމެޓީއެއް އެކުލަވާލައިފި
27 މާޗް 2011 ވަނަ ދުވަހު ބޭއްވު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާއިން ހައިކޯޓުގެ އިސްފަނޑިޔާރަކު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކުލަވާލައިފިއެވެ. އެގޮތުން އެކުލަވާލެވުނު ކޮމެޓީގައި ހިމެނިވަޑައި ގަންނަވަނީ: 1. ކޮމިޝަންގެ މެމްބަރު އަލްފާޟިލް ޢަބްދުﷲ ދީދީ2....
ހައިކޯޓުގެ ބެންޗަށް ބޭނުންވާ ފަސްފަނޑިޔާރުން، ޢައްޔަނުކޮށް ފަނޑިޔާރުކަމުގެ ހުވާކުރައްވައިފި
ޤާނޫނު ނަންބަރު 2011/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ)ގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހައިކޯޓުގެ ބެންޗަށް ބޭނުންވާ ފަސްފަނޑިޔާރުން، ޢައްޔަނުކޮށް ފަނޑިޔާރުކަމުގެ ހުވާކުރައްވައިފިއެވެ. މިކަމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވުނު ރަސްމިއްޔާތުގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ސްޕުރީމް ކޯޓުގެ...
ތައުދީބީ ފިޔަވަޅެއްގެ ގޮތުން ސިވިލް ކޯޓުގެ ޤާޟީ އައްޝަޢިޚް މުޙައްމަދު ނަޢީމު، ޖުވައިނަލް ކޯޓަށް ބަދަލުކޮށްފި
ތައުދީބީ ފިޔަވަޅެއްގެ ގޮތުން ސިވިލް ކޯޓުގެ ޤާޟީ އައްޝަޢިޚް މުޙައްމަދު ނަޢީމު، ޖުވައިނަލް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން 24 މާރޗް 2011 ވަނަ ދުވަހު ބޭއްވު ކޮމިޝަންގެ ޖަލްސާގެ އިއްތިފާޣުން ނިންމަވައިފިއެވެ. ކޮމިޝަނުން މިގޮތަށް ނިންމެވީ ދައުލަތަށް ލިބޭ އަދި ދައުލަތުން ރައްދުވާ މައްސަލަތަކުގެ ތެރެއިން...
ކޯޓްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ހުޅުމާލޭގައި ހުރި މެޖިސްޓްރޭޓް ކޯޓްގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލައިފައި އޮތްއޮތުން ނިމުމަކަށް ގެނެސްފި
ކޯޓްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ހުޅުމާލޭގައި ހުރި މެޖިސްޓްރޭޓް ކޯޓްގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލައިފައި އޮތްއޮތުން ނިމުމަކަށް ގެނެސް މެޖިސްޓްރޭޓް ކޯޓެއްގެގޮތުގައި އެކޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، އަދި ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް އުއްތަމަ...
ފަނޑިޔާރުންގެ ޤާނޫނުގައިވާގޮތުގެ މަތިން ފަނޑިޔާރުންނާ މެދު ފިޔަވަޅުއެޅުމަށް ތައުދިބީ ކޮމިޓީއެއް އެކުލަވާލައިފި
20 މާރޗް 2011 ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާއިން ފަނޑިޔާރުންގެ ޤާނޫނުގައިވާގޮތުގެ މަތިން ފަނޑިޔާރުންނާ މެދު ފިޔަވަޅުއެޅުމަށް ތައުދިބީ ކޮމިޓީއެއް އެކުލަވާލައިފިއެވެ. މިގޮތުން އެކުލަވާލެވުނު ކޮމެޓީގައި ހިމެނިވަޑައި ގަންނަވަނީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި...
ކޮމިޝަންގެ އިދާރީ އޮނިގަނޑު ރިވިއުކޮށް އަލުން އެކުލަވާލައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރީ އޮނިގަނޑު ރިވިއުކޮށް، އަލުން އެކުލަވާލައިފިއެވެ. 16 މާރޗް 2011 ވަނަ ދުވަހު ބޭއްވު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާއިން ކޮމިޝަންގެ އިދާރީ އޮނިގަނޑު ރިވުކޮށް، ކޮމިޝަންގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ކޯޓްތަކުގެ ޤާނޫނަށް ރިޢާޔަތްކޮށް، ކޮމިޝަންގެ އިދާރީ އޮނިގަނޑު އަލުން...
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަމަށް ބޭފުޅަކު ހަމަޖައްސަވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްފާޟިލް އަބޫބަކުރު މުޙަންމަދު ދަފުތަރު ނަންބަރު 3011 ކޮމިޝަނުން ކަނޑައަޅުއްވާފިއެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ހަމަޖެއްސެމަށް ކުރި އިޢުލާންގެ ދަށުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދަވައިގެން ކޮމިޝަންގެ ސެކްރެޓަރީ...
ކޮމިޝަންގެ 2010 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފި
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ، އަހަރީ ރިޕޯޓު ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފިއެވެ. ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2008/10؛ 04 ސެޕްޓެމްބަރ 2008)ގެ 36ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން މިރޮޕޯޓްވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. މި ރިޕޯޓް ބިނާވެގެންވަނީ...
ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހޮވުމަށް އިންޓަވިއުކުރަނީ
ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަވިއުކުރުން، 12 މާރޗް 2011 ވާ ހޮނިހުރު ދުވަހު ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ. ސެކްރެޓްރީ ޖެނެރަލް ހޮވުމަށް ކަނޑައަޅާފައިވާ ޕެނަލުން ނިންމާފައިވާ އުސޫލާއެއްގޮތަށް، މި މަޤާމަށް ކުތިމަތިލައްވާފައިވާ...
Page 40 of 42