ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ސިޓީފުޅާ ގުޅިގެން ކޮމިޝަންގެ ރައީސް ކަންބޮޑުވުން ފާޅުކޮށްފި

07/03/2013

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ކޮމިޝަން ހާޟިރުވެފައި ނުވާ ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ކޮމިޝަންގެ ރައީސް ފޮނުއްވެވި ސިޓިއަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރެއްގެ ހައިސްޔަތުން ރައްޔިތުންގެ...

ޔޫ.އެން.ގެ ސްޕެޝިއަލް ރެޕޮޓިއަރ އޮން ޖަޖަސް އެންޑް ލޯޔަރސް މިސިޒް ގެބްރިއަލާ ނައުލް ޖުޑީޝަލް ސަރވިސް ކޮމިޝަނާ މިއަދު ބައްދަލުކުރައްވައިފި

21/02/2013

ޔޫ.އެން.ގެ ސްޕެޝިއަލް ރެޕޮޓިއަރ އޮން ޖަޖަސް އެންޑް ލޯޔަރސް މިސިޒް ގެބްރިއަލާ ނައުލް ޖުޑީޝަލް ސަރވިސް ކޮމިޝަނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މިސިޒް ގެބްރިއަލާ ނައުލް ޖުޑީޝަލް ސަރވިސް ކޮމިޝަނާ ގުޅޭގޮތުން އޮޅުން ފިލުވުމަށް އެދިވަޑައިގެންނެވި މަޢުލޫމާތުތައް ކޮމިޝަނުންގެ މެމްބަރުންވަނީ...

ރައްޔިތުންގެ މަޖިލީހުގެ “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ” ކޮމިޝަންގެ ރައީސް ހާޒިރުނުވި ސަބަބު ވާނީ އަންގާފައި

13/02/2013

ރައްޔިތުންގެ މަޖިލީހުގެ “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ” އަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް 11 ފެބްރުއަރީ 2013 ވަނަ ދުވަހުގެ ހަވީރު 16:00 އަށް ވަޑައިނުގެންނެވި ސަބަބު 11 ފެބްރުއަރީ 2013 ވަނަ ދުވަހުގެ 14:30 ގެ ކުރިން ރަސްމީ ސިޓީއަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އަދި “ސަރުކާރުގެ...

ނޫސް ބަޔާން

03/02/2013

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފަނޑިޔާރުންނާއި ގުޅޭގޮތުން މި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމުގައި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 26 ވަނަމާއްދާ (ކުރީގެ 25 ވަނަ މާއްދާ)ގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހެކިން ހާޒިރުކޮށް...

49 މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން ހޯދުމަށް އިޢުލާން ކޮށްފި

31/01/2013

49 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު އިޢުލާންކޮށްފިއެވެ. އެގޮތުން އިޢުލާންކޮށްފައިވަނީ ކޯޓް އިސްމެޖިސްޓްރޭޓްކަމުގެ 41 މަޤާމާއި މެޖިސްޓްރޭޓް ކަމުގެ 8 މަޤާމަށެވެ. މި މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ކުރިން މިކަމަށް އެދި...

ހަތް ބޭފުޅަކު މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުއަރުވައިފި

08/01/2013

ހަތް ބޭފުޅަކު މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުއަރުވައިފިއެވެ. މިކަމަށްޓަކައި މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި އެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. މިއަދު ފަނޑިޔާރުކަމުގެ...

ހަތް ބޭފުޅަކު މެޖިސްޓްރޭޓްކަން އައްޔަންކުރުމަށް ކޮމިޝަނުން ނިންމައިފި

03/01/2013

މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން ކުރިމަތިލި ފަރާތްކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކުރުމަށް ފަހު، 7 ބޭފުޅަކު މެޖިސްޓްރޭޓްކަމަށް އައްޔަންކުރުމަށް ކޮމިޝަނުން މިއަދު ނިންމައިފިއެވެ. އެގޮތުން މެޖިސްޓްރޭޓްކަމަށް އައްޔަންކުރުމަށް ކޮމިޝަނުން...

ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް އަލްފާޟިލް ޢަލީ މޫސާ ރިޓަޔަކޮށްދެއްވުމަށް ނިންމައިފި

26/12/2012

“ޢުމުރުން 55 އަހަރު ވުމުން އަމިއްލައަށް ވަކިވާން ބޭނުން ފަނޑިޔާރުންނަށާއި 55 އަހަރު ނުވިނަމަވެސް ޞިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކޮށް އިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ޤަވާއިދު” ގެ ދަށުން ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް އަލްފާޟިލް ޢަލީ މޫސާ 1 ޖެނުއަރީ 2013 ން ފެށިގެން...

ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުވުމުގައި ޢަމަލުކުރާނެ ޤަވާއިދުގެ ދަށުން، ތިން ބޭފުޅަކު ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފި

26/12/2012

ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުވުމުގައި ޢަމަލުކުރާނެ ޤަވާއިދުގެ ދަށުން، އެބޭފުޅުން މަސައްކަތްކުރައްވަމުން ގެންދަވާ ކޯޓުން އެހެން ކޯޓަކަށް ބަދަލުވުމަށް އަމިއްލައަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޝަނުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، ތިން ބޭފުޅަކު 1 ޖެނުއަރީ 2013 އިން...

ފަސްމެޖިސްޓްރޭޓެއްގެ މަޤާމަށް ބަދަލު ގެންނަވައިފި

26/12/2012

ފަސްމެޖިސްޓްރޭޓެއްގެ މަޤާމަށް 1 ޖެނުއަރީ 2013 އިން ފެށިގެން ބަދަލު ގެންނަވަން ކޮމިޝަނުން ނިންމަވައިފިއެވެ. އެގޮތުން މަޤާމަށް ބަދަލުގެންނެވި ފަސްބޭފުޅުންނަކީ، ލ.ގަމު މެޖިސްޓްރޭޓް ކޯޓް (ތުނޑީ އަވަށު ސެކްޝަން) ގެ މެޖިސްޓްރޭޓްކަމުގައި ހުންނެވި އަލްފާޟިލް ޢަބްދުﷲ އަފީފް މަޤާމުން މުސްކުޅި ކޮށްފައިވާތީ، އެ ސެކްޝަނުގައި ދެން...

“އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާން ބޭނުންވާ ފަނޑިޔާރުންނަށާ، 55 އަހަރު ނުވިނަމަވެސް ޞިއްހީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅި ކުރުމުގައި ޢަމަލުކުރާނެ ޤަވާއިދު” ގެދަށުން 19 ފަނޑިޔާރަކު 3 ޑިސެމްބަރ 2012 އިން ފެށިގެން ރިޓަޔަރކޮށްދެއްވާގޮތަށް ހަމަޖައްސައިފި

27/11/2012

“އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާން ބޭނުންވާ ފަނޑިޔާރުންނަށާ، 55 އަހަރު ނުވިނަމަވެސް ޞިއްހީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅި ކުރުމުގައި ޢަމަލުކުރާނެ ޤަވާއިދު” ގެދަށުން ރިޓަޔަރކުރަން އެދިފައިވާ ފަނޑިޔާރުންގެ ތެރެއިން 19 ފަނޑިޔާރަކު އަންނަ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުން ފެށިގެން...

ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުއަރުއްވައިފި

14/11/2012

ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުއަރުއްވައިފިއެވެ. މިކަމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވެވި ރަސްމިއްޔާތެއްގައި ދާއިރާ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރެވި 5 ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުދެއްވީ ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛު ޢަބްދުﷲ ދީދީއެވެ. މި...

Page 33 of 41