ޚަބަރު

ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުވުމުގައި ޢަމަލުކުރާނެ ޤަވާއިދުގެ ދަށުން، ތިން ބޭފުޅަކު ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފި

26/12/2012

ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުވުމުގައި ޢަމަލުކުރާނެ ޤަވާއިދުގެ ދަށުން، އެބޭފުޅުން މަސައްކަތްކުރައްވަމުން ގެންދަވާ ކޯޓުން އެހެން ކޯޓަކަށް ބަދަލުވުމަށް އަމިއްލައަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޝަނުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، ތިން ބޭފުޅަކު 1 ޖެނުއަރީ 2013 އިން...

ފަސްމެޖިސްޓްރޭޓެއްގެ މަޤާމަށް ބަދަލު ގެންނަވައިފި

26/12/2012

ފަސްމެޖިސްޓްރޭޓެއްގެ މަޤާމަށް 1 ޖެނުއަރީ 2013 އިން ފެށިގެން ބަދަލު ގެންނަވަން ކޮމިޝަނުން ނިންމަވައިފިއެވެ. އެގޮތުން މަޤާމަށް ބަދަލުގެންނެވި ފަސްބޭފުޅުންނަކީ، ލ.ގަމު މެޖިސްޓްރޭޓް ކޯޓް (ތުނޑީ އަވަށު ސެކްޝަން) ގެ މެޖިސްޓްރޭޓްކަމުގައި ހުންނެވި އަލްފާޟިލް ޢަބްދުﷲ އަފީފް މަޤާމުން މުސްކުޅި ކޮށްފައިވާތީ، އެ ސެކްޝަނުގައި ދެން...

“އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާން ބޭނުންވާ ފަނޑިޔާރުންނަށާ، 55 އަހަރު ނުވިނަމަވެސް ޞިއްހީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅި ކުރުމުގައި ޢަމަލުކުރާނެ ޤަވާއިދު” ގެދަށުން 19 ފަނޑިޔާރަކު 3 ޑިސެމްބަރ 2012 އިން ފެށިގެން ރިޓަޔަރކޮށްދެއްވާގޮތަށް ހަމަޖައްސައިފި

27/11/2012

“އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާން ބޭނުންވާ ފަނޑިޔާރުންނަށާ، 55 އަހަރު ނުވިނަމަވެސް ޞިއްހީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅި ކުރުމުގައި ޢަމަލުކުރާނެ ޤަވާއިދު” ގެދަށުން ރިޓަޔަރކުރަން އެދިފައިވާ ފަނޑިޔާރުންގެ ތެރެއިން 19 ފަނޑިޔާރަކު އަންނަ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުން ފެށިގެން...

ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުއަރުއްވައިފި

14/11/2012

ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުއަރުއްވައިފިއެވެ. މިކަމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވެވި ރަސްމިއްޔާތެއްގައި ދާއިރާ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރެވި 5 ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުދެއްވީ ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛު ޢަބްދުﷲ ދީދީއެވެ. މި...

ޖުޑީޝަލް 5 ދާއިރާއަށް، ދާއިރާ އިސްމެޖިސްޓްރޭޓުން މިއަދު ކޮމިޝަނުން ކަނޑައަޅައިފި

12/11/2012

ޖުޑީޝަލް ދާއިރާތަކަށް ދާއިރާ އިސްމެޖިސްޓްރޭޓުން ކަނޑައެޅުމަށް ކުރި އިޢުލާނާގުޅިގެން އެމާޤަމަށް ކުރިމަތިލީ މެޖިސްޓްރޭޓުންގެ ތެރެއިން ޖުޑީޝަލް 5 ދާއިރާއަށް، ދާއިރާ އިސްމެޖިސްޓްރޭޓުން މިއަދު ކޮމިޝަނުން ކަނޑައަޅައިފިއެވެ. އެގޮތުން ދާއިރާއިސްމެޖިސްޓްރޭޓުންގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ބޭފުޅުންނަކީ؛ 1. އަޙުމްދު...

01 ނޮވެމްބަރު 2012 އިން ފެށިގެން 04 މެޖިސްޓްރޭޓަކު ވަޒިފާއިން މުސްކުޅިކުރުމަށް ނިންމައިފި

31/10/2012

01 ނޮވެމްބަރު 2012 އިން ފެށިގެން 04 މެޖިސްޓްރޭޓަކު “ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް ވަކިވާން ބޭނުން ފަނޑިޔާރުންނަށާއި 55 އަހަރު ނުވިނަމަވެސް ޞިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކޮށް އިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު” ގެ ދަށުން ވަޒިފާއިން މުސްކުޅިކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ....

ކެނެޑާގެ ޖުޑިޝަރީގެ އިސްބައެއް ފަރާތްތައް ހިމެނޭ ވަފުދަކާއެކު ކޮމިޝަނުން ބައްދަލުވުންތަކެއް ބާއްވައިފި

09/10/2012

ކެނެޑާގެ ޖުޑިޝަރީގެ އިސްބައެއް ފަރާތްތައް ހިމެނޭ ވަފުދަކާއެކު ކޮމިޝަނުން ބައްދަލުވުންތަކެއް ބާއްވާއިފިއެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު އަމާޒަކީ ދެޤައުމުގެ ޖުޑީޝަރީ ދެނެގަނެ، އެއްގައުމު އަނެއްގައުމަށް މަޢުލޫމާތު ބަދަލުކުރުމެވެ. އެގޮތުން ދިވެހިރާއްޖޭގެ ޖުޑީޝަރީ ހަރުދަނާކޮށް، ތަރަށްޤީކުރުމަށް ކުރަމުންގެންދާ...

ނޫސް ބަޔާން

02/10/2012

މިކޮމިޝަންގެ ކުރީގެ މެމްބަރު އަދި ކޮމިޝަންގެ ނާއިބުރައީސްކަން ގިނަ މުއްދަތަކަށް ކުރައްވާފައިވާ، އަދި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލު ޑރ. އަފްރާޝީމް ޢަލީއަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް...

ފަނޑިޔާރުންނާ ގުޅޭގޮތުން ކުރެވޭ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުންގެ އަގުވެއްޓޭފަދަ ގޮތަކަށް މީޑިއާތަކުން ޢަމަލުނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢިލްތިމާސް ކޮށްފި

17/09/2012

ފަނޑިޔާރުންނާ ގުޅޭގޮތުން ކުރެވޭ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުންގެ އަގުވެއްޓޭފަދަ ގޮތަކަށް މީޑިއާތަކުން ޢަމަލުނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢިލްތިމާސް ކޮށްފިއެވެ. އެގޮތުން މިއަދު ކޮމިޝަނުން ނޫސްބަޔާނުގައި ބަޔާންކޮށްފައިވަނީ، ފަނޑިޔާރުންނާ ގުޅޭގޮތުން އެފަރާތްތަކުގެ އަގުވެއްޓޭފަދަ ގޮތަަކަށް...

ނޫސް ބަޔާން

30/08/2012

ރާއްޖޭގައި އަދުލުއިންސާފު ޤާއިމުކުރުމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށާއި، ކޯޓުތަކުގެ މަސައްކަތަށް ނުފޫޒުފޯރުވައި، ފަނޑިޔާރުންނަށް ބިރުދައްކައި ތަފާތު އިންޒާރުތައް ދެމުންގެންދާ ކަމުގެ މަޢުލޫމާތު މިކޮމިޝަނަށް ލިބެމުންދާތީ އެކަން މި ކޮމިޝަނުން ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި މިފަދަ...

ދެ ބޭފުޅަކު މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައި، އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުދެއްވައިފި

27/08/2012

އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމަށް ކ.ގުޅި، ޑޭލައިޓް އަލްއުސްތާޛު މުޙައްމަދު ޢާމިރު، އަދި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް  ޅ. ނައިފަރު، ސިނަމާގެ އަލްއުސްތާޛު މުޙައްމަދު މޫސާ، ޢައްޔަންކުރައްވައި މަޤާމުގެ ހުވާކުރައްވައި އެ ދެ ބޭފުޅުންނަށް މަޤާމު ފަތްކޮޅު މިއަދު...

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުން މަޢުލޫމާތު ބަދަލުކުރުމުގެ ދަތުރެއްގައި މޮރިޝަސްގެ ޖުޑީޝަލް ލީގަލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކޮށްފި

03/07/2012

ކޮމަންވެލުން އިންތިޒާމުކޮށްގެން، މަޢުލޫމާތު ބަދަލުކުރުމުގެ ދަތުރެއްގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން މޮރިޝަސްގެ ޖުޑީޝަލް ލީގަލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކޮށްފިއެވެ. ޖޫން މަހުގެ 24 ން 30 އަށް ކުރިއަށް ގެންދިއަ މި ޕްރޮގްރާމުގައި ރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 6 މެމްބަރުންނާއި 9...

Page 29 of 36